ކޮވިޑް 19 ޖެހިގެން އުމުރުން 56 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.
މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ޑީއެޗް11 ގައި ކޮވިޑަށް ފަރުވާ ދެމުންދަނިކޮށް މިއަދު 2:20 ގައި ނިޔާވެފައިވަނީ އުމުރުން 56 އަހަރުގެ އަންހެނެއް ކަމަށެވެ.
މިއީ މިބަލި ޖެހިގެން ރާއްޖޭގައި ނިޔާވި 35ވަނަ މީހާއެވެ. މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 9،683 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10,859 އަށް އަރައިފައެވެ. މި ބައްޔަށް 1135 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 74 މީހަކަށެވެ.