"ނަމަވެސް މިއީ އަހަރެން ދުނިޔެއަށް ފޮނުއްވި މަގްސަދު ނޫން! މުދަލާއި މަޝްހޫރުކަން ފަހާ ދުވުމަކީ ދުނިޔެއަށް ފޮނުއްވި ސަބަބު ނޫންކަން އަހަންނަށް މިހާރު ވިސްނިއްޖެ!"
މިއީ ސަލްމާން ޚާންގެ "ޖެއި ހޯ" ގެ ބަތަލާ ސަނާ ޚާން މުނިފޫހިފިލުވުމުގެ އިންޑަސްޓްރީ އާއި ދުރަށް ދިއުމަށްފަހު އެކަން ބަޔާންކޮށް އޭނާގެ 3.3 މިލިއަން ފޮލޯވަރސްއަށް އިންސްޓަގްރާމްގައި ބުނެފައިވާ ބަހެކެވެ.
ސަނާ ބުނެފައިވަނީ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވެ ދިނުމަކީ އިންސާނުން ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން އޭނާއަށް ވިސްނުނީ ވަރަށް ގިނަ ދުވަހަކު އެކަމާ ވިސްނައިގެން ކަމަށެވެ. "މީހުންނެއް ނުވިސްނާތަ ކޮންމެ ވަގުތެއްގައި ވެސް އެމީހާ މަރުވެދާނެ ކަމަކަށް؟ މަރުވުމަށްފަހު އެ މީހަކާ ދޭތެރޭ ކަން ވާނެ ގޮތަކަށް؟"
ސަނާ ބުނެފައިވަނީ މި ދެ ސުވާލުގެ ޖަވާބު އޭނާ ހޯދާތާ ވަރަށް ގިނަ ދުވަސް ވެއްޖެކަމަށެވެ.
"އަހަރެން މި ޖަވާބު ހޯދީ އަހަރެންގެ ދީން އިސްލާމް ދީނުން. އަހަރެންނަށް ޔަގީން ކުރެވުނީ މި ދުނިޔެއަކީ އާޚިރަތުގެ ރަނގަޅަކަށްޓަކައި ލައްވާފައިވާ ތަނެއްކަން. ހެއްދެވި ފަރާތް (ﷲ) އެންގެވި ގޮތަށް އެކަލާންގެ އަޅުތަކުން އުޅުނީމަ ކަން އެންމެ ރަނގަޅު ވާނީ."
"ފައިސާ އާއި މަޝްހޫރުކަން ހޯދުމަކީ ނޫންކަން އެމީހާގެ އަމާޒަކަށް ވާން ވާނީ. އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ފާފަތަކުގައި އުޅުންކަން އެންމެ ރަނގަޅީ މިއަދު ވިސްނިއްޖެ!" ކަމަށްވެސް ސަނާ ބުނެފައިވެއެވެ. ޕޯސްޓްގައި ބުނެފައި ވެއެވެ.
ސަނާވަނީ ފިލްމީ ދާއިރާގެ، މޮޑެލް ކުރުމުގެ އަދި އެ ނޫންވެސް މުނިފޫހިފިލުވުމުގެ ދާއިރާއެއްގެ އެއްވެސް ކަމެއްގައި މީގެ ފަހުން އޭނާ އާއި ނުގުޅަން ވެސް އެދިފައެވެ.
ގުޅުންހުރި ލިޔުން: