މިއަދު ޕޮޒިޓިވްވީ ފަސްދޮޅަސް ހަތް މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
މިއަދު ޕޮޒިޓިވްވީ ފަސްދޮޅަސް ހަތް މީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 67 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 67 މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 9 ބިދޭސީންނެވެ.

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 44 މީހުންނެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 9،310 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10,465 އަށް އަރައިފައެވެ. މި ބައްޔަށް 1114 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 73 މީހަކަށެވެ.

މި ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން