މިއަދު ޕޮޒިޓިވްވީ 44 މީހުން! ބަލިން ރަނގަޅުވީ ސައްބިސް މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
މިއަދު ޕޮޒިޓިވްވީ 44 މީހުން! ބަލިން ރަނގަޅުވީ ސައްބިސް މީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 44 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 44 މީހުންގެ ތެރޭގައި ހިމެނެނީ 39 ދިވެހިންނާއި 6 ބިދޭސީންނެވެ.

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 63 މީހުންނެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 9،213 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10،398 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 79 މީހަކަށެވެ.

މި ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން