ޗައިނާގެ ޤައުމީ ދުވަހާ އިތުރު 4 ޤައުމެއްގެ މިނިވަން ދުވަހާ ގުޅިގެން ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖް ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޗައިނާގެ ޤައުމީ ދުވަހާ އިތުރު 4 ޤައުމެއްގެ މިނިވަން ދުވަހާ ގުޅިގެން ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖް ފޮނުއްވައިފި

ޗައިނާގެ ޤައުމީ ދުވަހާއި، އިތުރު 4 ޤައުމެއްގެ މިނިވަން ދުވަހާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ތަހުނިޔާގެ މެސެޖް ފޮނުއްވައިފިއެވެ.

ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީ އަށް މިނިސްޓަރ ޝާހިދު ފޮނުއްވި މެސެޖްގައި އެޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި މިނިސްޓަރ ޝާހިދުގެ އަމިއްލަ ނަންފުޅުގައި ޗައިނާ ސަރުކާރާ ރައްޔިތުންނާއި މިނިސްޓަރ ވާންގް ޔީ އަށް ޤައުމީ ދުވަހުގެ ހެޔޮ ތަހުނިޔާ ފޮނުއްވާކަމަށް ވިދާޅުވިއެވެ. 

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 71 އަހަރު ފުރުން މިއަދު ފާހަގަކުރާއިރު، ޗައިނާ އަކީ އެންމެ ރާއްޖޭގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ގައުމެއްކަމަށާއި، މުޅި ދުނިޔޭގެ ކުއެރުމާ ތަރައްޤީއަށް ޗައިނާއިން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން "ވަން ޗައިނާ ޕޮލިސީ" ރާއްޖެއިން ދަމަހައްޓާނެކަމުގެ ޔަޤީންކަން އަރުވަމުން، މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއާއި ޗައިނާގެ ޒަމާންވީ އެކުވެރި ގުޅުން ބަދަހިކުރުމަށް ކުރެއްވުން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. 

ޗައިނާގެ ޤައުމީ ދުވަހުގެ އިތުރުން މިއަދު ފާހަގަކުރާ ނައިޖީރިއާ، ސައިޕްރަސް، ޕަލާއޯ އަދި ޓުވާލޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެގައުމުތަކުގެ ޚާރިޖީ ވަޒީރުންނަށްވެސް މިނިސްޓަރ ޝާހިދު ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

- ދިވެހި ޚާރިޖިއްޔާ

މިއަދު އޮންލައިން