ކޮވިޑް ނުފެތުރޭ ރަށްރަށުގެ ސްކޫލްތަކުގައި 5 ގަޑިއިރު ކިޔަވައިދޭނެ ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ކޮވިޑް ނުފެތުރޭ ރަށްރަށުގެ ސްކޫލްތަކުގައި 5 ގަޑިއިރު ކިޔަވައިދޭނެ ނިންމައިފި

ކޮވިޑް ނުފެތުރޭ ރަށްރަށުގެ ސްކޫލްތަކުގައި ކޮންމެ ސެޝަންއެއްގައި އަންނަ ހަފްތާއިން ފެށިގެން 5 ގަޑިއިރު ކިޔަވައިދޭނެ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މިކަމާގުޅިގެން އެޑިއުކޭޝަން ނިސްޓަރ ރޭ ވިދާޅުވީ ކުރިން ސެޝަންއެއް ކުރިއަށް ގެންގޮސްފައިވަނި 4 ގަޑިއިރަށް ކަމަށާއި އެހެންނަމަވެސް އަންނަ ހަފްތަގެ އާދީއްތަ ދުވަހުން ފެށިގެން އަތޮޅު ތެރޭގައި ކޮވިޑް ނުފެތުރޭ ރަށްރަށުގެ ސްކޫލްތަކުގައި ކޮންމެ ސެޝަންއެއްގައި 5 ގަޑިއިރު ކިޔަވައިދޭނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނާތީ އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކީސްޓޭޖް 4 އަދި 5 ގައި ހިމެނޭ ގްރޭޑުތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް  އެޑިއުކޭޝަނުން ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން