ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަހަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވަމުން އަންނަ އިންޑިއާއިން އައްޑޫ ސިޓީ ޓީގައި ހަދަމުންއަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތަށް ފޮނުވި 53 މީހުން ޕޮޒިޓިވްވެ އައްޑޫ ސިޓީ ނުރައްކަލުގެ ތެރެއަށް ވެއްޓިއްޖެއެވެ.
މިކަމާގުޅިގެން އޭއީއެޗްގެ މެނޭޖަރ ޝަރަފުއް ސާދާތު (ސާތު) ވިދާޅުވީ އެކަޑަމީގެ މަސައްކަތަށް އިންޑިއާއިން އައި 128 މީހުންގެ ތެރެއިން 53 މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެހެންނަމަވެސް މިއަދު ޕޮޒިޓިވްވި އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައި ނުވާކަމަށާއި ހުރިހާ އެންމެން ވެސް އިތުރު 14 ދުވަހަށް ކަރަންޓީނުކޮށްފައިވާ ކަމަށް ސާތު ވިދާލުވިއެވެ.
އައްޑޫ ސިޓީއިން މީގެކުރިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި އެންމެންވެސް ވަނީ ބަލިންރަނގަޅުވެފައެވެ.