އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 97 މީހުން ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 97 މީހުންގެ ތެރޭގައި ހިމެނެނީ 42 ދިވެހިންނާއި 55 ބިދޭސީންނެވެ.
ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 37 މީހުންނެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 9108 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10,291 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 75 މީހަކަށެވެ.
މި ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ.