ފައްޅިއެޅުން ބާރަށް ކުރިއަށް! އެންމެ ގިނަމީހުން ކޮރޯނާއަށް ޕޮޒިޓިވްވާ ޤައުމަކަށް އިންޑިއާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ފައްޅިއެޅުން ބާރަށް ކުރިއަށް! އެންމެ ގިނަމީހުން ކޮރޯނާއަށް ޕޮޒިޓިވްވާ ޤައުމަކަށް އިންޑިއާ!

ދުނިޔޭގެ އިއްޔެގެ ތަފާސް ހިސާބު ތަކަށްބަލައިފިނަމަ އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ކޮރޯނާ ފިލާނީ "ބާބްރީ މަސްޖިދް" މިސްކިތް ތަޅައިލި ބިމުގައި ފައްޅިއަޅައިގެންކަމަށްބުނެ އެބިމުގައި ފައްޅިއަޅަންފެށި އިންޑިއާގައެވެ.

އިންޑިއާގައި އިއްޔެ 80،500 މީހުން ޕޮޒިޓިވްވިއެވެ. މިއަދުގެ މިހައިތަނަށް އިތުރު 6000 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެމެރިކާގައި މިއަދުގެ މިހައިތަނަށް ޕޮޒިޓިވްވީ އިތުރު 583 މީހުންނެވެ.

އަދި މިސްކިތްހުރި ބިމުގައި ފައްޅިއަޅަން އެންމެ ވަރުގަދައަށް ވަކާލާތުކުރި އެމްޕީއަށް ކޮރާނާ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ކަމުގެ ޚަބަރުތަކެއްވެސް ވަނީ ފެތުރިފައެވެ.

މިހިރީ ފެންނަންހުރި ސާބިތު ކަންކަމެވެ. ޢިބްރަތް ޙާޞިލުކުރެވޭނީ ޝައިޠޯނާގެ އަޅުވެތިކަމުން ވިސްނުން ސަލާމަތްކުރެވިފައިވާ ސިކުނޑިއަކަށެވެ.

 

މިއަދު އޮންލައިން