މާލޭސިޓީގެ ސްކޫލްތަކުގެ ގްރޭޑް 9 އިން 12 އަށް އަންނަ އޮކްޓޯބަރުމަހުގެ 4 އިން ފެށިގެން ކިޔަވައިދޭން ފެށުމަށް ނިންމައިފިއެވެ.
މިކަމާގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ހެލްތު ޕްރޮޓެކްްޝަން އޭޖެންސީގެ ލަފާގެ މަތިން އަންނަ މަހުގެ ހަތަރަކުން ފެށިގެން މާލޭ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 9 އިން 12 އަށް ކިޔަވައިދޭނެ ކަމަށެވެ.
މާލެ ސިޓީގައި ކޮވިޑް ފެތުރެންް ފެށުމާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް ފަހު ތިން މަސް ފަހުން ސްކޫލްތައް ހުޅުވީ ޖޫންގައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 10،000 އަށް އަރާފަ އެވެ.