ރާއްޖޭގެ ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޤައުމަކުގެ އެއްބާރުލުން ބޭނުން؛ ޑރ. ހުސެއިން ރަޝީދު

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 24ސ
ރާއްޖޭގެ ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޤައުމަކުގެ އެއްބާރުލުން ބޭނުން؛ ޑރ. ހުސެއިން ރަޝީދު

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޤައުމަކުގެ އެއްބާރުލުން ބޭނުން؛ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ޑރ. ހުސެއިން ރަޝީދު މިހެން ވިދާޅުވީ ޗައިނާގެ މިނިސްޓްރީ އޮފް އިކޮލޮޖީ އެންޑް އެނަވަޔަރަންމަންޓް އިން "ބަޔޯޑައިވަރސިޓީ ބިޔޯންޑް 2020، ބިލްޑިންގ އަ ޝެއަރޑް ފިއުޗަރ ފޮރ އޯލް ލައިފް އޮން އަރތް" މި ތީމްގެ ދަށުން ބޭއްވި މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމަކީ މި ހިނގާ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ސަމިޓް އޮން ބަޔޯޑައިވަރސިޓީ އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. މިއީ 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 15 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 15) ގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން ޗައިނާގެ މިނިސްޓްރީ އޮފް އިކޮލޮޖީ އެންޑް އެންވަޔަރަންމަންޓް އިން ބޭއްވި ބައްދަލުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވި ގޮތުގައި  ޤުދުރަތީ ވެއްޓާމެދު އިންސާނުންގެ އަމަލުތައް ހުންނަ ގޮތުން  ދިވެހިރާއްޖެފަދަ ޤުދުރަތީގޮތުން ބޮޑު ކަނޑަކާއި ފަރެއް ލިބިފައިއޮންނަ ޤައުމު ތަކަށް  ކުރާ އަސަރު ވަރަށް ބޮޑެވެ. އަދި ރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި ޤައުމުގެ އިޤްތިސާދާއި މީހުންގެ ދިރިއުޅުން ބިނާވަނީ ކަނޑުން ލިބޭ ދިރުމަށާއި ލިބިފައިވާ ޤުދުރަތީ ރީތި ފަރަށާއި ފަރުގައި އުޅޭ ރީތި މަސްމަހާމެއްސަށްކަމަށާއި މަސްވެރިކަމަކީ ޒަމާނުއްސުރެ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންއަންނަ ކަމެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.. މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު އެންމެ ބޮޑަށް އޭގެ މައްޗަށް ބިނާވެފައިވާ ފަތުރުވެރިކަން ގުޅިފައިވަނީ ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަމަށް ވީހިނދު މޫސުމީ ބަދަލުތަކުގެ ސަބަބުން މި ދިރުންތަކަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުކަމަށާއި އެހެންކަމުން މި ގެއްލުން ކުޑަކުރުމަށް ހުރިހާ ޤައުމަކުންވެސް އެއްބާރުލުން ބޭނުންވާކަމަށެވެ. އެހެންކަމުން މިކަމަށް އެކަށީގެންވާ ރަނގަޅު ޕޮލިސީތައް ހަދައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފިނަމަ ލިބޭ ގެއްލުން ކުޑަވާނެކަމަށާއި އަދި މި ޕޮލިސީތައް ތަންފީޒުކުރުމަށް އެކަށީގެންވާ ވަސީލަތްތައް ބޭނުންވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް އެންމެ މަދުވެގެން ކަނޑުގެ ސަރަހައްދުގެ 30 އިންސައްތަ ހިމާޔަތްކުރަންޖެހޭކަމަށެވެ. އެހެންކަމުން ކަނޑުގެ 30 އިންސައްތަ ރައްކާތެރިކުރުމަށް "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ"އިން 2021ން 2030އަށް ކަނޑައަޅާ ލަނޑުދަނޑިތަކުގެ ތެރޭގައި ލަނޑުދަނޑިއެއް ފާސްކުރުމަށް މިނިސްޓަރ ވަނީ ހުރިހާ ޤައުމަކަށް ގޮވާލައްވާފައެވެ.

މިއަދު އޮންލައިން