މިއަދުވެސް ޕޮޒިޓިވްވި މީހުންގެ އަދަދު ފަންސާހުން ދަށުގައި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
މިއަދުވެސް ޕޮޒިޓިވްވި މީހުންގެ އަދަދު ފަންސާހުން ދަށުގައި!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 48 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 48 މީހުންގެ ތެރޭގައި ހިމެނެނީ 28 ދިވެހިންނާއި 20 ބިދޭސީންނެވެ.

އިއްޔެވެސް މި ބައްޔަށް ރާއްޖެއިން 48 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 8438 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9,818  އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 92 މީހަކަށެވެ.

މި ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން