ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ މީހުން ރާއްޖެ އައީ މިދިޔަ އާދިއްތަ ދުވަހު: އެމްއޭސީއެލް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ މީހުން ރާއްޖެ އައީ މިދިޔަ އާދިއްތަ ދުވަހު: އެމްއޭސީއެލް

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ދުވާލެެއްގެ މައްޗަށް އެންމެ ގިނަ މީހުން އައީ މިދިޔަ އާދިއްތަ ދުވަހު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްއިން ބުނެފައި ވަނީ މިދިޔަ އާދިއްތަދުވަހު 867 މީހުން ރާއްޖެ އައިސްފައިވާ ކަމަށާއި، މީގެ ތެރެއިން 8 މީހަކު އައިސްފައިވަނީ ޗާޓަރ ފްލައިޓުގައި ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މައި ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލާފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ދެމަސްދުވަހުގެ ތެރޭގައި ފަތުރުވެރިންގެ ގޮތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 13،516 މީހެކެވެ. އަދި މި ދެމަސްދުވަހުގެ ތެރޭގައި 20،000 އަށްވުރެ ގިނަ މީހުން ރާއްޖެ އައި ކަމަށް ވަނީ ރިކޯޑު ކުރެވިފައެވެ.

 

 

މިއަދު އޮންލައިން