މިއަދު ޕޮޒިޓިވްވީ އަށްޑިހަ އެއް މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
މިއަދު ޕޮޒިޓިވްވީ އަށްޑިހަ އެއް މީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 81 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 81 މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 23 ބިދޭސީންނެވެ.

އިއްޔެވެސް މި ބައްޔަށް ރާއްޖެއިން 74 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 8188  އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9,649 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 111 މީހަކަށެވެ.

މި ބަލީގައި 33 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން