ޙައްޤު ބަހެއް ބުނެފިނަމަ ބުނި މީހާގެ ފިކުރަށް ނުބަލާށެވެ! ބުނިބަހަށް ބަލާށެވެ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޙައްޤު ބަހެއް ބުނެފިނަމަ ބުނި މީހާގެ ފިކުރަށް ނުބަލާށެވެ! ބުނިބަހަށް ބަލާށެވެ!: ޝައިޚް ޢަލީ ޒައިދު

"ޙައްޤު ބަސް ބުނުމަކީ އަބަދުވެސް ބައެއް މީހުން އެމީހަކާއިމެދު ނުރުހޭނެ ކަމެކެވެ. އަޅުގަނޑު ބަސްބުނަނީ އެހެން މީހުން ރުހޭތޯ ނުރުހޭތޯ ބަލާފައެއް ނޫނެވެ. ﷲ ގެ ރުއްސެވުން އެދިގެންނެވެ. އެކަލާނގެ ރުއްސެވުން ލިބިއްޖެ ނަމަ އިން ޝާ ﷲ އެނިމުނީއެވެ. ނައްސެއް ނެތް ކަންކަމުގަ މީހުންނަށް ދަތިކުރާކަށް ނުވާނެއެވެ!" ޝައިޚް ޢަލީ ޒައިދު 

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ކޮންމެ ފިކުރެއްގެ މީހަކު ނަމަވެސް އިސްލާމް ދީނަށް ކުރިއެރުންލިބޭފަދަ ބަހެއް ބުނެފިނަމަ ނުވަތަ އިސްލާމް ދީނުގައި އޮތް މަގުން ކަމެއް ކުރަން ބުނެފިނަމަ އޮތީ ބުނި މީހާބަލައި އިންކާރުކުރުން ނޫން ކަމަށާއި އެކަން ބަލައިގަނެ ޢަމަލުކުރުން ކަމަށެވެ. 

"މިސާލަކަށް މީހަކު ބުނެފާނެ ﷲ ގެ މަގުގަ ޞަދަޤާތްކުރާށޭ! ކިހިނެއްތޯ އެވާހަކަ އެބުނި މީހާއަށް ބަލައި މިވެނި މީޯހަކު ބުނިކަމަށްޓަކައި ޞަދަޤާތް ނުދޭށޭ އަޅުގަނޑުމެން ބުނާނީ؟ އެހެން އެބުނީ ކޮންމެ ފިކުރެއްގެ މީހަކު ނަމަވެސް އަޅުގަނޑުމެން ޖެހޭނީ ޞަދަޤާތް ދިނުމަށް ހިތްވަރުދޭން ނޫންތޯ؟" ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.

މިއަދު އޮންލައިން