މާލެ ސިޓީ އަލުން ލޮކްޑައުނަނަކަށް ގެންދަން ޖެހިދާނެ!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
މާލެ ސިޓީ އަލުން ލޮކްޑައުނަނަކަށް ގެންދަން ޖެހިދާނެ!: ރައީސް ޞާލިޙް

މާލެސިޓީ އަލުން ލޮކްޑައުނަކަށް ގެންދަން ޖެހިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ހެންވޭރުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދު ބައްލަވައިލައްވަން  ވަޑައިގެން ހުންނަވައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ މާލެ ސިޓީ އަލުން ފުލް ލޮކްޑައުންއަކަށް ގޮސްފިނަމަ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމަށާއި އެހެން ކަމުން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ފުލް ލޮކްޑައުން އަކަށް ނުގެންގޮސް ބަލިން ސަލާމަތްވުމަށް ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މާލެ ސިޓީ އަލުން ފުލް ލޮކްޑައުންއަކަށް ގޮސްފިނަމަ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭނެ ނަމަވެސް ކޮވިޑް ބަލި ކޮންޓްރޯލް ނުކުރެވޭނަމަ އެ ފިޔަވަޅު ވެސް އަޅަން ޖެހިދާނެ ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ ބަލި ކޮންޓްރޯލްކުރެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ގައިޑްލައިންތަކަށް ހުރިހާ ރައްޔިތުންވެސް ސަމާލުކަން ދީގެން ކަމަށާއި އެކަން ނުކުރާނަމަ ހުރިހާ ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވާނެ ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިމޭރުމުން ވިދާޅުވެފައިވާއިރު ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ރަތުގައެވެ. ކޮންމެ ދުވަހަކުވެސް 100 އާއި 200 އާއި ދެމެދުގެ އަދަކަށް ދަނީ ޕޮޒިޓިވްވަމުންނެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. 

އެހެންކަމާއިއެކުވެސް ބޭނުމެއް ނެތި ބޭރުގައި އުޅޭމީހުންގެ އަދަދު އެއްވެސް ވަރަކަށް މަދުނުވާކަން އެޗްޕީއޭއިން ދަނީ ފާހަގަކުރަމުންނެވެ.

މިއަދު އޮންލައިން