ކޮރޯނާގަ މީހުން މަރުވަމުންދާ ދިއުމަކީ ދެއްވަވާ ކިހާ ބާރުގަދަ މެސެޖެއްކަން އިޙްޞާޞްކުރެވޭ ހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކޮރޯނާގަ މީހުން މަރުވަމުންދާ ދިއުމަކީ ދެއްވަވާ ކިހާ ބާރުގަދަ މެސެޖެއްކަން އިޙްޞާޞްކުރެވޭ ހެއްޔެވެ؟: މުފްތީ މެންކް

ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން ގިނަ ބައަކު މިވަނީ ދުނިޔެ ދޫކޮށްފައެވެ. ބަލިޖެހޭ މީހުންގެ ނިޞްބަތުން ދުނިޔެ ދޫކުރަންޖެހުނީ ވަރަށް މަދު ބައަކަށް ނަމަވެސް އެމީހަކު ލޯބިވާ އެންމެ މީހަކު މަރުވުމަކީވެސް އެއްވެސް މީހަކަށް ކުޑަ ކަމަކަށް ނުވާނެއެވެ. 

ކޮރޯނާ ވައިރަސްގައި އެންމެ ބޮޑަށް ދެރަވާ އެއް ސަބަބަކީ ބަލީގައި މަރުވާ ގިނަ މީހުން މަރުވަނީ އެކަނި އޮވެކަމެވެ. އެމީހެއްގެ ގާތުގައި ޑޮކްޓަރުންނާއި ަނރުހުން ތިބި ނަމަވެސް ޢާއިލާގެ މީހުންނާއިވަކިން އެކަހެރިވެއޮވެ ކަމެވެ. މިއީ ގިނަބައަކަށް ލިބޭ އެންމެ ބޮޑު ނުތަނަވަސްކަމެވެ. ނަމަވެސް މިއީ މިކަމުގައި ﷲ ތަޢާލާ މިންވަރުކުރައްވަވާ ގޮތެވެ. އެކަމަސް ކުރެވޭނެ އެއްވެސް ޝަކުވާއެއް ނެތެވެ. 

މިއީ ލިބިގެންދާ ވަރަށް އަގުބޮޑު ފިލާވަޅެކެވެ. އަހަރެމެންގެ ލޯމައްޗަށް އެދައްކަވަނީ ކޮންމެ މީހަކީވެސް ކޮންމެ ވަގުތެއްގައިވެސް ދުނިޔެ ދޫކުރަން ޖެހިދާނެ މީހެއްކަމެވެ. އަދި ކިތަންމެ ތަނަވަސް މީހަކު ނަމަވެސް އަދި ޢާއިލާގައި ކިތަންމެ ގިނަ ބައަކު ތިބި ނަމަވެސް އެކަނި އޮވެ މަރުވާންޖެހިދާނެ ކަމެވެ. 

ވީމާ އަހަރެމެންނަށް އޮތީ މިކަންކަމުން ޢިބްރަތް ޙާޞިލުކުރުމެވެ. މިކަންކަމުން ޢިބްރަތް ޙާޞިލުކުރުމަކީ ތިމާއަށްވެސް ކޮނަމެ ވަގުތަކުވެސް އެފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ޤަބޫލުކޮށް މަރަށް ފުރިހަމައަށް ތައްޔާރުވެގެން އަބަދުވެސް ހުރުމެވެ. އެކަމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނަމަވެސް ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލުވަމުންދަނީ އެކަމުގައެވެ. ވީމާ ކޮރޯނާ ވައިރަސް އަހަރެމެންނަށް އެދޭ މެސެޖަކީ އަހަރެމެންގެ އަމަލުތަކާއި ވިސްނުން އިޞްލާޙްކޮށް ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވާންޖެހިފައިވާ ކަމުގެ މެސެޖެވެ. 

ތިމާ ލޯބިވާ މީހަކު މަރުވި ނަމަވެސް ދުރުމީހަކު މަރުވިނަމަވެސް ކޮންމެ މަރަކީވެސް ތިމާއަށް ލިބޭ ވަރުގަދަ މެސެޖެއްކަމުގައިދެކޭށެވެ! މަރަށް ތައްޔާރުވުމަށެވެ! ތައުބާވެ ހެޔޮ ޢަމަލުތައްކުރުން ގިނަކުރުމަށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން