ކޮރޯނާއިން އަރައިގަނެވޭނީވެސް ސަޖިދަކުރުން ގިނަކޮށް ދުޢާކުރުން ގިނަކޮށްގެން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކޮރޯނާއިން އަރައިގަނެވޭނީވެސް ސަޖިދަކުރުން ގިނަކޮށް ދުޢާކުރުން ގިނަކޮށްގެން!: މުފްތީ މެންކް

ﷲ ތަޢާލާ 24 ގަޑިއިރުގެ ވަގުތުތައް ނުވަތަ ރޭދުވާލުގެ ވަގުތުތައް ޤައުމުތަކަށް ލައްވަވާފައިވަނީ ތަފާތު ވަގުތުތަކުގައެވެ. އެހެންކަމުން ކޮންމެވެސް ޤައުމެއްގެ ކޮންމެވެސް ސަރަހައްދަެއްގައި މީސްތަކުން ޖަމާއަތުގައި ނަމާދުކުރަން ނުތިބޭނެ ވަގުތެއް މިހާރު ނާންނާނެ ކަމަށްވެސް ބުނެވިދާނެއެވެ. މާނައަކީ ދުނިޔޭގެ ކޮންމެވެސް ސަރަހައްދެއްގައި ކޮންމެވެސް ބައަކު އަބަދުވެސް ޖަމާއަތުގައި ނަމާދުކުރަން ތިބޭނެ ކަމެވެ. 

މިކަމުގެ ސިއްރާއިމެދު ވިސްނައިލާށެވެ! ﷲ ތަޢާލާ މީސްތަކުންނަށް ފަރުޟުކުރައްވަވާފައިވަނީ އެކަލާނގެ އެންމެ ލޯބިފުޅުވެވޮޑިގަންނަވާ އަމަލުތަކެވެ. އެއިގެ ތެރެއިންވެސް ނަމާދަކީ އެންމެބޮޑަށް ލޯބިފުޅުވެވޮޑިގަންނަވާ އަމަލެވެ. ޤުދްސިއްޔަ ޙަދީޘްފުޅެއްގައި ﷲ ތަޢާލާ ވަނީ މިކަން ބަޔާންކުރައްވަވައިފައެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ކޮންމެ ޙާލެއްގައި ނަމަވެސް ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާށެވެ! ނަމާދު ފަރުޟު ކުރައްވަވާފައިވާ ވަގުތުތަކުގައި އެނަމާދެއް އަދާކުރުމުގައި ފަރުވާތެރިވާށެވެ! ތަހައްޖުދު ނަމާދު ނުކޮށް ނިދަންނުތިބޭށެވެ! 

އެންމެންވެސް މިއުޅެނީ ކޮރޯނާވައިރަސްދެކެ ބިރުންނެވެ! ކުރިމަތިމަތިވަމުން އަންނަ ދަތިތަކުން ސަލާމަތްނުވެވިގެންނެވެ. ބަނޑުފުރާނަމުއްތިނުކުރެވިގެންނެވެ. ޢާއިލާގެ ގިނަބައަކަށް ބަލިޖެހިގެންނެވެ! 

މިހުރިހާ ކަންކަމާއިއެކުގައިވެސް ކޮންމެ ރެއަކު ﷲ ތަޢާލާ "ތިމަން ﷲ ގެ ޙަޟްރަތުން ކަންކަމު އެދޭ މީހުން ކޮބައިހެއްޔެވެ؟ އެދޭށެވެ! ފުއްދަވައިދެއްވަވާނަމެވެ! ޝިފާވެސް ދެއްވަވާނަމެވެ! އެދި ދަންނަވާށެވެ!" ވަޙީކުރައްވަވާ އަޑު އިވެނީ ހާދަ މަދު މީހަކަށެވެ! އެ އަޑު ނާހައި ކަންކަން ޙައްލު ނުކުރެވިގެން ކަންބޮޑުވެގެން ކުރާނީ ކޮން ފައިދާއެއްހެއްޔެވެ؟ 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ތިމަން ﷲ އެކަމެއް ކުރަން ވަޙީކުރައްވަވާފައިވާ ކަންކަން ކުރުމަށެވެ! ހެޔޮ ޢަމަލުކުރުމުގެ ބޭނުމުގައި އެކަމަކީ ހެޔޮ ޢަމަލެއްކަން ޔަޤީންނުވާ ކަންކަން ނުކުރުމަށެވެ. އަދި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން އެކަލާނގެ ޙަޟްރަތުން ވާގިއެދުމަށެވެ. 

ވީމާ ކޮރޯނާވައިރަސްއިން ސަލާމަތްވުމަށްވެސް އަދި އެހެން ބޭނުންތައް ޙާޞިލުކުރަންވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވުން އިތުރުކުރާށެވެ! ފަރުޟުކުރެއްވެވިކަންކަމާއި ސުންނަތުން ށާބިތުވާންހުރި އަޅުކަންކުރުން ގިނަކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ!

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން