އަލްޙަމްދުލިﷲ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ތެލެސީމިއާ ދެކުދިން ބަލީގެ ޢަލާމާތެއް ނުފެނި ބަލިން ރަނގަޅުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އަލްޙަމްދުލިﷲ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ތެލެސީމިއާ ދެކުދިން ބަލީގެ ޢަލާމާތެއް ނުފެނި ބަލިން ރަނގަޅުވެއްޖެ!

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ތެލެސީމިއާ ދެކުދިންވެސް ބަލީގެ އެއްވެސް ޢަލާމާތެއް ނުފެނި ބަލިން ރަނގަޅުވެއްޖެއެވެ. 

މިދެކުދިން ޕޮޒިޓިވްވިކަން އެނގިފައިވަނީ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ކުރި ޓެސްޓުންނެވެ. 

ތެލެސީމިއާ ކުދިންނަކީ ކޮިޑްބަލީގެ ހައި ރިސްކް ގްރޫޕުގައި ހިމެނޭ ބައެއް ނަމަވެސް  މޯލްޑިވްސް ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަހްމަދު އުމަރު ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ ދެކުދިން ޓެސްޓު ކުރި އިރުވެސް އެކުދިންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. އަދި 14 ދުވަހުގެ އައިސޮލޭޝަން ގައި ބެއިތިއްބިއިއރުވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށެވެ.

ކޮވިޑު ފެތުރުން ކޮންޓްރޯލްނުވެ ދުވާލަކު 100-200 މީހުން ޕޮޒިޓިވްވަމުންދާއިރުވެސް ބަލިން ރައްކައުތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަލައިގެން މަތީގައި އުޅުމަށް ގިނަބައަކު އަންނަނީ ވަރަށް ބޮޑަށް އިހްމާލުވަމުންނެވެ.

މިއަދު އޮންލައިން