އެއްވެސް ކަމަކަށް މާޔޫސްނުވެ އުފަލުގަ އުޅެވޭނެ މަގު މިއޮތީއެވެ! ކުރިއަށްދާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެއްވެސް ކަމަކަށް މާޔޫސްނުވެ އުފަލުގަ އުޅެވޭނެ މަގު މިއޮތީއެވެ! ކުރިއަށްދާށެވެ!: މުފްތީ މެންކް

އަހަރެމެން ﷲ ތައާލާގެމަތިން ހަނދުމަކުރަމުއެވެ. ޛިކުރުވެސް ކުރަމުއެވެ. އަދި ކަންކަމުގައި ﷲ ތަޢާލާގެ ޙަޟްރަތުންވާގިވެސް އެދެމުއެވެ. ކަންކަން ހިންމަވައިދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމުއެވެ. ނަމަވެސް ބައެއް ފަހަރު، އެދޭކަންކަން އެދޭ ފަދައިން ހިންމަވައި ނުދެއްވަވައި ލަސްވެގެންދެއެވެ. އެހިނދު ހިތުގައި ޝަކުވާތައް އުފެދެއެވެ. 

މިހާލަތުގައި ާޔޫސްވުމުގެ ކުރިން ޗެކްކޮށްލަން ޖެހޭ ވަރަށް މުހިންމު ކަމެއް އޮވެއެވެ. އެއީ ތިމާއަށް ﷲ ތަޢާލާ ހަނދުމަކުރެވޭ ގޮތާއިމެދުގައެވެ. ﷲ ތަޢާލާ ހަނދުމަކުރެވޭގޮތް ރަނގަޅުތޯއެވެ؟ ﷲ ތައާލާގެމަތިން ހަނދުމަކުރެވެނީ އެކަމުގެ ފުރިހަމާނައިގައިކަމާއިމެދުގައެވެ.

އެހެނީ ﷲ ތައާލާގެ މަތިން ހަނދުމަކުރުމާއި ޛިކުރުކުރުމަކީ އެއްބައެއްވެ. އެބައި ފުރިހަމަކުރުމަށް އަދި އެއްބައި އޮވެއެވެ. އެއީ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވުމެވެ. ކިޔަމަންތެރިކަން އަދާކުރުމުގެ ބައި ފުރިހަމަ ނުކުރެވޭނަމަ ދެން ކުރާ ކަންކަމުން ކުރަންޖެހޭ ފައިދާއެއް ނުކުރާނެއެވެ. އެހެންކަމުން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އަމަލުކުރުމަކީ އެންމެ މުހިންމު ބައެވެ.

ﷲ ތަޢާލާގެ މަތިން ހަނދުމަކުރާނަމަ އެމީހާގެ މަތިން ތިމަން ﷲ ހަނދުމަކުރައްވަވާނެ ކަމަށް އޮތް ވަޙީބަސްފުޅު ހަނދުމަކުރާށެވެ! މިބަސްފުޅުގައިވާފަދައިން އެދެނަމަ ފުރިހަމަ މާައިގައި ހަނދުމަކުރާށެވެ! އެއީ ކިޔަމަންތެރިކަމާއިއެކު، ކިޔަމަންތެރިކަން އަދާކުރަމުން ހަނދުމަކުރުމެވެ. 

ފުރިހަމަ މާނައިގައި ﷲ ތަޢާލާގެމަތިން ހަނދުމަކުރާ މީހާ އެއްެސް ކަމަކަށް މާޔޫސްވާކަށް ނުޖެހޭނެއެވެ. އެމީހާއަށް ޖެހޭ ހުރިހާ ކަންކަމެއް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ. އަދި އާޚިރަތް ދުވަހުވެސް އެމީހާ ވާހުށީ އެންމެ އުފާކުރާނެ މީޙުންގެ ތެރެއިންނެވެ. އެމީހާގެ މަންޒިލަކަށްވާނީ ނިޢްމަތްތަކުން ފުރިގެންވާ ސުވަރުގެއެވެ. އިން ޝާ ﷲ

- މުފްތީމެންކުގެ ދަރުސަކުން

މިއަދު އޮންލައިން