ފޮނުވަންވީ "އަހަރެން ވަރަށް ލޯބިވޭ" މެސެޖެއް ނޫން! - "އަހަރެން ވަރަށް ލޯބިވާކަން" ޢަމަލުން ދައްކަންވީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ފޮނުވަންވީ "އަހަރެން ވަރަށް ލޯބިވޭ" މެސެޖެއް ނޫން! - "އަހަރެން ވަރަށް ލޯބިވާކަން" ޢަމަލުން ދައްކަންވީ!: މުފްތީ މެންކް

ދުނިޔެ ބަވަނަވެއްޖެއެވެ. އެންމެން ބިޒީވެއްޖެއެވެ. ކޮންމެހެން ބުނަންޖެހޭ މީހުންގާތޮ ލޯބިވެއޭ ވެސް ދުލުން ބުނެލާނެ ވަގުވާކަމަކަށް ނުވެއެވެ. އެހެންވެ ސްޓިކަރ އެއްފަދަ އެއްޗެއް ފޮނުވާލައި ފުއްދައިލަނީއެވެ. ސުވާލަކީ އެކަމުން ފުދޭ ހެއްޔެވެ؟ ޙާޞިލުކުރަން ތިއުޅޭ ކަންތައް އެއްވެސް ވަރަކަށް ޙާޞިލުވޭ ހެއްޔެވެ؟ 

މިހާރުގެ ޙާލަތަށް ބަލައިފިނަމަ ގާތް ތިމާގެ މީހުންނާއިވެސް ބައެއް މީހުން ހުރިހާ ގުޅުންތަކެއް ބާއްވަނީ ސޯޝަލް މީޑިއާގައެވެ. އެއީވެސް ރަނގަޅު ގޮތެއް ނޫނެވެ. ވީވަރަކުން ބައްދަލުކޮށް ޙާލު އަހުވާލު ބަލަންވާނެއެވެ. މޫނާއި މޫނު ދިމާކުރަންވާނެއެވެ. ޢާއިލާގެ މީހުން ދިރިއުޅެނީ އެއް ރަށުގައި ކަމަށްވާނަމަ ބައްދަލު ނުކޮށް ތިބުމަކީ ދީނުގައި އަމަލުކުރަން އޮތް ގޮތެއް ނޫނެވެ. 

އެއް ފަސްގަނޑުގައި ތިބެމެ، ތިމާ ހާލު ބަލަން ޖެހޭ މީހެއްގެ ޙާލު ސޯޝަލް މީޑިއާ މެދެވުރިކޮށް ބެލުމަކުން ނުފުދޭނެއެވެ. އަމިއްލަ ލޮލުން ބަލަންވާނެއެވެ. އަމަލީ ގޮތުން ކޮށްދެވެން އޮތް ކަމެއް ކޮށްދެވޭނީވެސް ބައްދަލުކުރެވިގެންނެވެ. ވީމާ މިކަންކަމަށް ވިސްނައިލުން ވަރަށް ބޮޑަށް އެދެމެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް 1 މިލިއަން ފަހަރު "އަހަރެން ވަރަށް ލޯބިވޭ" މެސެޖް ނުވަތަ ސްޓިކަރ ފޮނުވުމާ އެންމެފަހަރަކު ފިރުމައިލުމާއިވެސް އަޅައިވެސް ނުކިޔޭނެއެވެ. 

އަހަރެންނަށް ލިބިހުރި މައުލޫމާތުގެ މައްޗަށް ބުރަވާނަމަ ސޯޝަލް މީޑިއާ މެދުވެރިކޮށް 1 މިލިއަން ފަހަރު "އަހަރެން ވަރަށް ލޯބިވޭ" މެސެޖް ނުވަތަ ސްޓިކަރ ފޮނުވުމާއި އެންމެފަހަރަކު ލޯބިން ބަލާލައި ފިރުމައިލުމާއިވެސް އުޑާއި ބިމާހައި ތަފާތެވެ. ޚާއްޞަކޮށް ދެމަފިރިންގެ ކަންކަމުގައެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުންތަކުގައެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން