އިތުރު ތަނަވަސްކަމަށް އެދޭމީހާ އެހެން މީހުންގެ ދަރަނި ހޯދަން ގަދައެޅުމުގެ ބަދަލުގަ މާފުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އިތުރު ތަނަވަސްކަމަށް އެދޭމީހާ އެހެން މީހުންގެ ދަރަނި ހޯދަން ގަދައެޅުމުގެ ބަދަލުގަ މާފުކުރާށެވެ!: މުފްތީ މެންކް

މީހަކު ތިބާއަށް 20000 ޑޮލަރުދޭން އޮވެދާނެއެވެ. އެ ހޯދަން ތިބާ މަސައްކަތްކުރެއެވެ. ނަމަވެސް އޭނާގެ މާލީ ޙާލަތު ހުރި ގޮތުން އޭނާއަށް ދަރަނި އަދާކުރެވެން ނެތީއެވެ. ތިބާގެ ކިބައިގައި ތަނަވަސްކަން އެބަހުއްޓެވެ. ނުވަތަ ތިބާއަށް ވެސް ދަތިތަކެއް ކުރިމަތިވެ ފައިސާއަށް ބޭނުންވެފައި ހުރިނަމަވެސް ފަސް ނުޖެހި އޭނާއަށް މާފުކުރާށެވެ! ﷲ ތަޢާލާއަށްޓަކައި ކުރާ ކަމެއްގެ ގޮތުންނެވެ.

ﷲ ތަޢާލާގެ ރަޙްމަތްފުޅު ތިބާއަށް އޮހިގެންދާނެއެވެ! އެހެން މީހެއްގެ ދަތި އުނދަގޫތައް ފިލުވައިދިންކަމަށްޓަކައި ތިބާއަށް ކުރިމަތިވެފައިވާ ދަތިތައް ﷲ ތަޢާލާ ޙައްލުކުރައްވަވައި ދެއްވަވާނެތެވެ! އަދި އެމީހަކަށްޓަކައި އާޚިރަތް ވެސް ފަސޭހހަކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ! 

ﷲ ތަޢާލާ ވަނީ މިކަންކަން ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވައިފައެވެ. ﷲ ތަޢާލާ އީ "އައްރައްޒާޤް" އެވެ. ހުރިހާ ރިޒްޤެއްވެސް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާއެވެ. ކިތަންމެ ގިނަ ބައަކަށް ކިތަންމެ ގިނަ ރިޡުޤެއް، ކިތަންމެ ބޮޑު މުއްސަނދިކަމެއް ދެއްވެވި ނަމަވެސް އެކަލާނގެ ޚަޒާނާއިން ޒައްރެއްގެ މިންވަރުވެސް މަދެއް ނުވާނެއެވެ. ވީމާ މީހަކު އަތުން ލިބެން ޮތް ދަރަންޏަށްވުރެ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ކަންކަން ކުރުމުން ދެއްވަވާނެ ނިޢްމަތްތަކަށް ދަހިވެތިވާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން