ތަނަވަސްކަމަށް އެދޭމީހާ އަމިއްލަ ބޭނުންތައް ނުފުއްދައިވެސް މިބުނާ މީހުންގެ ބޭނުންތައް ފުއްދައިދޭށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތަނަވަސްކަމަށް އެދޭމީހާ އަމިއްލަ ބޭނުންތައް ނުފުއްދައިވެސް މިބުނާ މީހުންގެ ބޭނުންތައް ފުއްދައިދޭށެވެ!: މުފްތީ މެންކް

ތިމާއަށް ތަނަވަސްކަން އިތުރުވުމަށް އެދޭ މީހާ، އެމީހާގެ އަމިއްލަ ބޭނުންތައް ނުފުއްދައިވެސް މިބުނާ މީހުންގެ ބޭނުންތައް ފުއްދައިދޭށެވެ! އެމީހާއަށް ތަނަވަސްކަން އިތުރުކުރައްވަވާނެތެވެ! އިން ޝާ ﷲ 

އަނބިމީހާ، ދަރިއަކު، މައިން ބަފައިން ފަދަ އެމީހަކު އެހީތެރިވެ ބަލަހައްޓަންޖެހޭ މީހަކު އެއްޗަކަށް އެދިއްޖެ ނަމަ އެ އެއްޗަކީ ތިމާއަށް ކިތަންމެ ބޭނުން ބޮޑުވެފައިވާ އެއްޗެއް ނަމަވެސް 

އަވަހަށް އެމީހަކަށް އެއެއްޗެއް ދޭށެވެ! އަދި ދޭއިރު ދޭންވާނީ ﷲ ތަޢާލާއަށް ލޯބިންނެވެ! އެކަމުގައި ބަރަކާތް ލެއްވެވުން އެދި ދުޢާކުރަމުންނެވެ. 

މިފަދައިން އެއްޗެއް ދޭންޖެހޭ ޙާލަތުގައިވެސް އެއްވެސް ވަރަކަށް ކަންބޮޑުވެގެނެއް ނުވާނެއެވެ. ހިތުގެ އަޑިން ޤަބޫލުކުރަންވީ ތިމާ މިކުރަނީ ކުރަން ތިމާއަށް ﷲ ތަޢާލާ އަންގަވާފައިވާ ކަމެއް ކަމެވެ. މިކަން މިކުރަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށް ކަމަށެވެ. 

އީމާންތެރިންގެ ގޮތަކީ މިއީއެވެ. ﷲ ތަޢާލާ ދެކެ ލޯބިވާ މީހުން ޢަމަލުކުރަން އޮތް ގޮތަކީވެސް މިއީއެވެ. ﷲ ތަޢާލާޢަށް ލޯބިން މިފަދައިން ޢަމަލުކުރުމުން އެމީހަކަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެތެވެ! ނިޢްމަތްތައް އެތައް ގުނައަކަށް އިތުރުކުރައްވަވާނެތެވެ! 

އެމީހަކު އެހީތެރިވާން ޖެހޭ މީހުންނަށް، އަނބިދަރިންނަށް ޢާއިލާއަށް، މައިންބަފައިންނަށް އެހީތެރި ނުވެ ދަހިވެތިވާމީހާ ދަންނާށެވެ! އޭނާއަށް އެކުރެވެނީ ބޮޑު ފާފައެކެވެ. އެފަދަ މީހުން ދެކެ ލޯބިވެވޮޑިގެން ނުވެއެވެ. ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވަނީ ﷲ ތަޢާލާގެ މަގުގައި ދީލަތިވުމަށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން