އެއްވެސް ކަމެއް ކުރިމަތިވުމުން ސަބަބާމެދު ސުވާލު ނުކުރާށެވެ! އެކަން ފަހުން އެނގުމުން ތިބާ އުފާކޮށް ޝުކުރުވެރިވާނެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
އެއްވެސް ކަމެއް ކުރިމަތިވުމުން ސަބަބާމެދު ސުވާލު ނުކުރާށެވެ! އެކަން ފަހުން އެނގުމުން ތިބާ އުފާކޮށް ޝުކުރުވެރިވާނެއެވެ!: މުފްތީ މެންކް

އެއްވެސް މުޞީބާތެއް ނުވަތަ ޙާލަތެއް ކުރިމަތިވުމުން ނުވަތަ ތިބާ ދުވަހަކުވެސް އުންމީދު ނުކުރާފަދަ ކަމެއް މެދުވެރިވުމުން އެކަން ކުރިމަތިވީ ކީއްވެގެންކަމާއިމެދު ސުވާލުނުކުރާށެވެ. އެކަމެއް ހިތުގެ އަޑިން ބަލައިގަންނާށެވެ! އަދި އެއީ ﷲ ތަޢާލާގެ ނިންމެވުންކަން ޔަޤީންކުރާށެވެ! 

ޙާލަތުގައި އަމަލުކުރަންޖެހޭނެ ކަންކަމަށް އަމާޒުކޮށްގެން އެކަންކަމުން އަރައިގަތުމަށް މަސައްކަތްކުރަމުން ގެންދާށެވެ! ތިބާއަށް އެކަމުން ކުރިމަތިވެދާނެ އެއްވެސް ކަމެއް ނުއެނގުނު ނަމަވެސް ތިބާ އާއިމެދު ﷲ ތަޢާލާ މިންވަރުކުރައްވަވާނީ ތބާއަށް އެންމެ ފައިދާހުރި ގޮތްތަކެވެ. 

އެކަން ތިބާއަށް އެނގޭ ދުވަހު އެކަންކަން މެދުވެރިކުރެއްވެވިކަމަށްޓަކައި ތިބާ އުފާކޮށް ޝުކުރުވެރިވާނެއެވެ. 

- މުފްތީ މެންކް

މިއަދު އޮންލައިން