މާފުށީ ޖަލުގައި އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަންހެން ޤައިދީންނަށް ހަރަކާތްތަކެއް ހިންގައިފި

ކިޔުމަށް ހޭދަވާނީ 44ސ
މާފުށީ ޖަލުގައި އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން  އަންހެން ޤައިދީންނަށް ހަރަކާތްތަކެއް ހިންގައިފި

މާފުށީ ޖަލުގައި އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން  އަންހެން ޤައިދީންނަށް ހަރަކާތްތަކެއް ހިންގައިފިއެވެ.

ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގެ ބެލުމުގެ ދަށުގައި ތިބޭ އަންހެން ގައިދީންނަށް ހާއްސަ ހަރަކާތްތަކެއް އިޔެއް ހިންގައިފިއެވެ.

 މި ހަރަކާތްތަކުގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކުގެ އިތުރުން ކުރެހުމުގެ ހަރަކާތަކާއި ކޭކު ފެޅުން ހިމެނުނެވެ. މިގޮތުން ކުޅިވަރުގެ ހަރަކާތްތަކުގައި ރިލޭ ރޭސް، ގޯނި ރޭސް ފަދަ ކުޅިވަރު ހިމެނުނު އިރު، ކުރެހުމުގެ ހަރަކާތުގައި ހުރިހާ ބައިވެރިން ކެންވާސް އެއް ތައްޔާރުކުރުން ހިމެނުނެވެ.

މާފުށީ ޖަލުގެ 61 އަންހެން ގައިދީން ބައިވެރިވި މި ހަރަކާތްތައް ރާވާ، ކުރިއަށް ގެންދިޔައީ އެ ޖަލުގެ ޕްރޮގްރާމްސް ކޮމާނންޑް އާއި ފީމޭލް ޔުނިޓް ގުޅިގެންނެވެ.

މިއަދު އޮންލައިން