"ރަން ފޮތްޗެއް ނަޖިސް ތަނަކަށް ވެއްޓިއްޖެނަމަ ހަދާނީ ކިހިނަކުން ހެއްޔެވެ؟ ސުވާލުގެ ޖަވާބަށް ވާނީ ރަނގަޅު މީހަކަށް ކުށެއް ކުރެވިއްޖެނަމަ ވެސް އެމީހަކާއިމެދު ޢަމަލުކުރަންވީ ގޮތެވެ!" - މުފްތީ މެންކް
މިއީ މުފްތީ މެންކް ވިދާޅުވެފައިވާ ވަރަށް މާނަފުން ބަސްފުޅެކެވެ. ރަންފޮތްޗެއް ނަޖިސް ތަނަކަށް ވެއްޓުނު ނަމަވެސް ހަމަ އެކަކުވެސް ދޫކޮށްލާފައެއް ނުދާނެއެވެ. އެތަނަކުން ނަގާނެއެވެ. އަވަހަށް އެތަނަކުން ނަގާނެއެވެ. ނަޖިސް ފިލުވައި ތާހިރުކުރުމަށްފަހު އެއިގެ އަގު ވަޒަންކުރާނެއެވެ!
މުފްތީ މެންކް ވިދާޅުވެފައި އެވަނީ ކިތަންމެ ރަނގަޅު މީހަކަށް ވެސް ކުށެއް ކުރެވިދާނެ ކަމެވެ. އެހިސާބުން އޮތީ އެމީހާ ބާކީކޮށް އެއްލައިލުން ނޫން ކަމާއި ކުރެވުނު ކަންތައް އޭނާއަށް ވިސްނައިދީ އިޞްލާޙްކުރުވައިގެން އޭނާގެ ބޭނުން ހިފުން ކަމަށެވެ.
މިއީ ހަމަ ކޮންމެ ދެމަފިރިއަކު ވެސް ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ. ކިތަންމެ ރަނގަޅު ފިރިއެއް ނަމަވެސް އަދި އަންތބެއް ނަމަވެސް ކުށެއް ކުރެވިދާނެއެވެ. އެހިސާބުން އޭނާ ދޫކޮށްލައި ކައިވެނި ރޫޅާލަންވީއެއް ނޫނެވެ. މައްސަލަ ޙައްލުކޮށް ހަމަ ޙައްޤު މަޤާމު ދީގެން އެކުގައި ދިރިއުޅެން މަސައްކަތްކުރަންވީއެވެ!