އިތުރު އަންތަބަކާ ކައިވެނިކުރަން ބޭނުންވެގެން ނަމަވެސް އަނބިމީހާގެ އުނިސިފަތަކުގެ ވާހަކަ ދެއްކުމަކީ ﷲ ތަޢާލާގެ އެންގެވުމާ ދެކޮޅަށް ކުރެވޭ ކަމެއް!: ޑރ. ޒާކިރު ނައިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
އިތުރު އަންތަބަކާ ކައިވެނިކުރަން ބޭނުންވެގެން
ނަމަވެސް އަނބިމީހާގެ އުނިސިފަތަކުގެ ވާހަކަ ދެއްކުމަކީ ﷲ ތަޢާލާގެ އެންގެވުމާ
ދެކޮޅަށް ކުރެވޭ ކަމެއް!: ޑރ. ޒާކިރު ނައިކް


ތިމާ ބޭނުންވާ ކަމެއް ޙާޞިލުކުރަން ބޭނުންކުރާ ހަތިޔާރަކީ ބައިވެރިޔާގެ ހުންނަ އުނިސިފަތައް ހާމަކުރުންކަމަށް ހަދައިގެން ކަންކަން ޙާޞިލުކުރަން މަސައްކަތްކުރެއެވެ. މިމައްސަލަ ޢާންމު ގޮތެއްގައި ބޮޑުވަނީ އިތުރު އަންތބަކާއި ކައިވެނިކުރަން އުޅޭއިރުގައެވެ.

އިތުރު އަންތަބަކާއި ކައިވެނިކުރަން ބޭނުންވެގެން އޭނާ ހޯދަން މަސައްކަތްކުރަމުން ނަމަވެސް އަނބިމީހާގެ އުނިސިފަތަކުގެ ވާހަކަ ދެއްކުމަކީ ﷲ ތަޢާލާގެ އެންގެވުމާ ދެކޮޅަށް ކުރެވޭ ކަމެކެވެ. ހަމަ އެގޮތަށް ފިރިމީހާ ކަމުނުގޮސްގެން އެހެން ފިރިއަކު ހޯދަން ކުރާ މަސައްކަތުގައިވެސް ފިރިމީހާގެ ހުންނަ އުނިސިފަތަކުގެ ވާހަކަ ދައްކާނަމަ އޮންނާނީ ހަމަ އެއް ޙުކުމެކެވެ.

ޤުރްއާނުގައި އޮތީ ދެމަފިރިންނަކީ އެކަކު އަނެކަކަށްވާ ފޭރާމެއްކަމުގައެވެ. އެއީ ގައަށް ފައްތާ ފޭރާމުގެ ވާހަކައެވެ. ފޭރާންލަނީ ކީއްކުރަން ހެއްޔެވެ؟ ޢައިބުތައް ފޮރުވުމަށެވެ. ހިލޭ މީހުންނަށް ދައްކައިގެން ނުވާނެ ތަންތަން ފޮރުވުމަށެވެ.  

މިއާޔަތުގައި ފޭރާމުން ﷲ ތަޢާލާ މިޘާލު ޖައްސަވާފައި އެވަނީ އަނެކާގެ ޢައިބުތައް ނުވަތަ އުނިސިފަ ފޮރުވުމަށެވެ. އެކަން ނުކުރެވޭނަމަ ޢަމަލު އެކުރެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަކަށް ނޫނެވެ. އަނެކާގެ ޢައިބުތަކުގެ ވާހަކަ ދައްކައިގެން ކާމިޔާބުކުރާ ކަންކަން ކާމިޔާބަކަށްނުވެ ލިބޭ އަނިޔާއަކަށްވެގެން އެދަނީ ﷲ ތަޢާލާ އަންގަވާފައިވާ ޚިލާފަށް ކަންކަން ކުރާތީއެވެ.  

އިސްލާމް ދީނުގައި ވަރިކުރުމާއި ވަރިވުން ހުއްދައެވެ. ޝަރުޠު ހަމަވާނަމަ ފިރިހެނުންނަށް 4 އަނބިން ހުއްދައެވެ. ހުއްދަ ކަމެއް ކުރަން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަމެއް ކުރަންވީ ކީއްވެގެން ހެއްޔެވެ؟  

ދައްކަންވީ ބައިވެރިޔާގެ ހުރި އުނި ސިފަތަކެއް ނޫނެވެ. ތިމާގެ ހުރި ރަނގަޅު ސިފަތަކެވެ. ބައިވެރިޔާގެ ހުންނަ އުނިސިފަތަކުގެ ޥާހަކަ ދައްކަނީ ތިމާގެ ކިބައިގައި އަނެކާ ޝައުޤުވެރިވާނެ ރަނގަޅު ސިފަތައް ނުހުންނާތީއެވެ. ވީމާ ބައިވެރިޔާގެ އުނިސިފަތަކުގެ ވާހަކަ ދައްކާ މީހުންގެ ވާހަކަ ސަތޭކަފަހަރު ޗެކްކޮށްފައި ނޫނީ ޤަބޫލުނުކުރާށެވެ!  

--މަޢުލުމާތު: ޑރ. ޒާކިރު ނައިކުގެ ދަރުސަކުން / މިއަދުނޫސް  

މިއަދު އޮންލައިން