ތިބާގެ ގުނަވަންތައް ތިބާ އާއި ދެކޮޅަށް ޤިޔާމަތް ދުވަހު ހެކިދޭ ސަބަބު ޤަބޫލުކޮށް ޢަމަލުތައް އަވަހަށް އިޞްލާޙްކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ތިބާގެ ގުނަވަންތައް ތިބާ އާއި ދެކޮޅަށް ޤިޔާމަތް ދުވަހު ހެކިދޭ ސަބަބު ޤަބޫލުކޮށް ޢަމަލުތައް އަވަހަށް އިޞްލާޙްކުރާށެވެ!: މުފްތީ މެންކް

މީހަކު ނައިޓް ކްލަބަށް ދާތީ ނުދާން ބުނުމުން، އަންހެނެއްގެ އިސްތަށިގަނޑާ ކަނދުރާ އާ މޭމަތި ހާމަކޮށްގެން އުޅޭތީ ނިވާކުރަން ބުނުމުން ނުވަތަ ފިރިހެނެއްގެ ބުރަކަށިން، މާމަތިން ބައެއް ދައްކައިގެން އުޅޭތީ ނިވާ ކުރަން ބުނުމުން ތިމަންނާ އާއިމެދު އިންސާފުކުރަން ކަލޭ ތިއައީ ކާކުތޯ އެބަ ސުވާލުކުރެއެވެ. 

މީސްތަކުންގެ ކިބައިން މިފަތަ ކަންކަން ފެނުމުން އެމީހަކަށް އިންޞާފުކުރަނީ ފެންނަ ޢިލްމުވެރިންނެއް ނޫނެވެ. އިންޞާފުކުރަމީ އެމީހާގެ ޢަމަލުތަކެވެ. މީހާ ކުރާ ކަންކަން ހުއްޓުވުމުގެ ބާރު މިދުނިޔޭގައި ގުނަވަންތަކަށް ނެތުމުން ނުހުއްޓުވުމަކީ އެ ގުނަވަންތައް އެކަންކަމަށް ރުހޭކަމުގެ ހެއްކެއް ނޫނެވެ! އެ ގިނަވަންތަކުން ކުރި ނުބައި ޢަމަލުތަކުގެ ވާހަކަތައް ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި އެދަންނަވަނީ އެ ސަބަބަށްޓަކައި ކަމަސް އަހަރެން ޤަބޫލުކުރަމެވެ. 

އަހަރެން މިއަދު އަޑުއެހި ޓީވީ ޕްރޮގްރާމެއްގައި ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިއަކު ބުންނެވެ. "އަހަރެންގެ އެންމެ ގާތް އެކުވެރިންނަކީ ދީނީ ޢިލްމުވެރިންނެވެ. ކައްވަޅާއި ނަރަކައިގެ ޢަޛާބުން އަހަރެން ސަލާމަތްކޮށްދޭން މަސައްކަތްކުރާ ބައަކީ އެއީއެވެ." 

މީސްތަކުންނޭވެ! އެއީ ދުނިޔޭގެ ފެނަވަރުގެ ކްރިކެޓް ކުޅުންތެރިއެއް ނަމަވެސް އޭނާ އެބުނީ އެކަމުގައި އޮތް ޙައްޤުބަހެވެ. ދީނީ ޢިލްމުވެރިން އިރުޝާދު ދެއްވަނީ މީހުންނާއިމެދު އިންސާފުކުރައްވާކަށް ނޫނެވެ. މީސްތަކުންނާއިމެދު އިންސާފުކުރައްވަވާނީ ﷲ ތަޢާލާއެވެ. ދީނީ ޢިލްމުވެރިން ބަޔާންކުރައްވަވަނީ އެކަމުގައި ދީނުގައި އޮތް ޙުކުމެވެ. އެއީ އެއްވެސް ޙާލެއްގައި މީހަކާއިމެދު އިންޞާފުކުރުމެއް ނޫނެވެ. 

ތިމާގެ އެންމެ ގާތް އެކުވެރިން ކަމުގައި އަބަދުވެސް ބަލަން ޖެހޭނީ ކައްވަޅަށް ދާން ޖެހޭނެ ކަމާއި ކައްވަޅަސް ދާން ޖެހޭނީ އެކަނި ކަމާއި ކައްވަޅަށް ދާންޖެހޭ ވަގުތުން ފެށިގެން ޖަޒާލިބެން ފަށާނެކަން ހަނދާންކޮސްދޭ މީހުންނެވެ. ދީނީ ޢިލްމުވެރިން އެކުރައްވަނީ އެ މަސައްކަތެވެ. 

މިކަން މިނޫން ގޮތަކަށް ޤަބޫލުކުރެވޭނަމަ އެމީހާގެ ހިތް އެވަނީ ނަޖިސްވެފައެވެ. ޠޯހިރުކުރުމުގެ މަސައްކަތް އަވަހަށް ފަށަންވީއެވެ.

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން