ހިމަބިހި ރާއްޖެއިން އަނެއްކާވެސް ފެނިއްޖެ! ވެކްސިންކާޑުތައް ޗެކްކޮށްލައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ހިމަބިހި ރާއްޖެއިން އަނެއްކާވެސް ފެނިއްޖެ! ވެކްސިންކާޑުތައް ޗެކްކޮށްލައްވާ!

2009 ވަނަ އަަހރުން ފެށިގެން ހިމަބިހި ނުފެނި އޮތުމަށްފަހު ރާއްޖެއިން ހިމަ ބިހި މިހާރުފެނިފައިވާކަން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަޙްމަދު ފައިޞަލް ހާމަކުރައްވައިފިއެވެ. ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްކަމުގެ ލިޔުން ޑަބްލިޔޫއެޗްއޯ އިން ދިނީ 2017 ވަނައަހަރުއެވެ. 

ޑރ. އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދޮޅު އަހަރަށްފަހު ރާއްޖޭންވެސް ހިމަބިހި ފެނިފައިވާ ކމަށާއި ބެލެނިވެރިން އެކަމަށް ސަމާލުކަން ދިނުމަށް އެދިވޗަޑައިގަންނަވާ ކަމަށެވެ. ފައިސަލް ވަނީ ހަނދާންނެތިގެންވެސް ކުޑަކުއްޖަކަށް ވެކްސިނެއް ނުޖެހިވާނަމަ އަވަހަށް ޖެހުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.  އަދި ވެކްސިން ނުޖަހާ ހުއްޓައި އެއިން ރައްކާތެރިކޮށްދޭ ބައްޔެއް ޖެހިއްޖެނަމަ ކޮންޓުރޯލް ކުރެވޭނޭ ގޮތްތައް ރާއްޖޭގައިވެސް މަދުވާނެ ކަމަށެވެ. މި ބަލި ފެނިފައިވަނީ މި އަހަރުގެ ތެރޭގައެވެ.ށް ވެސް ވަނީ ވިދާޅުވެފައެވެ. 

"ދޮޅު އަހަރަށްފަހު ރާއްޖޭންވެސް ހިމަބިހި ފެނިއްޖެ. ދަރިފުޅުގެ ވެކްސިން ކާޑު ޗެކް ކުރަށްވާ. ހަނދާންނެތިގެންވެސް ނުޖެހި ހުރި ވެކްސިންތައް ހަމަކުރައްވާ! ވެކްސިން ނުޖަހާ ހުއްޓާ އޭގެން ރައްކާތެރިކޮށްދޭ ބައްޔެއް ޖެހިއްޖެނަމަ އެ ކޮންޓުރޯލްކުރެވޭނޭގޮތްތައް ރާއްޖޭގައިވެސް މަދުވާނެ" ކަމަށް ޑރ. ފައިޞަލް ވަނީ ވިދާޅުވެފައެވެ.

" ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްފައި ހުރުން" ކަމަށްވެސް ޑރ. ފައިޞަލް ވަނީ ވިދާޅުވެފައެވެ.  

ހިމަބިއްސަކީ އެބަލި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިއަ ނަމަވެސް އެއް ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައި ހުންނަކަމަށާއި އަދި އެތަނަށް އަންނަ އެހެން މީހުންނަށް އެ ބަލި ޖެހޭނެ ކަމަށް ވެސް ފައިޞަލް ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން