މަސްތުވާތަކެތީގެ ވަބާގަ ޖެހިފަ ތިބި ޒުވާނުން ފެންނަނީ މުޅި ދައުލަތް އިހްމާލްވެފަވާތީ!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
މަސްތުވާތަކެތީގެ ވަބާގަ ޖެހިފަ ތިބި ޒުވާނުން ފެންނަނީ މުޅި ދައުލަތް އިހްމާލްވެފަވާތީ!: ރައީސް ޞާލިޙް

މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުޖުތަމަޢުން ހަވާސާވެފައި ތިބި ޒުވާނުންތަކެއް ފެންނަމުން އެދަނީ، އެ ޒުވާނުން ސަލާމަތްކޮށް، މުޖްތަމަޢަށް އަނބުރާ ގެނައުމުގައި މުޅި ދައުލަތް އިހުމާލުވެފައިވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިޢާރުވެސް، ޒުވާނުންނަށް އަމާޒުކޮށްފައި އޮތުމުން، މިކަމުގައި ޒުވާނުންގެ ޒިންމާ ވަރަށް ބޮޑުކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ. އަދި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރެވޭނީ، އިންސާނީ ކަރާމާތްތެރިކަމުގެ އަގު ވަޒަންކުރުމުގެ ސިފަ ޒުވާނުން ކިބައިގައި އަށަގަނެގެން ކަމަށާއި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ޒުވާނުން އިސްނަގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ހަމައެފަދައިން ޒުވާނުންނަށްޓަކައި ފުރިހަމަކޮށްދޭންޖެހޭ ވަރަށް ގިނަ ޙައްޤުތަކެއް މިހާރުވެސް އެބަހުރިކަމަސްވެސް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:

އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ޤައުމުގެ ޒުވާނުން ސަލާމަތް ކުރުމަކީ، ދައުލަތުގެ ވަރަށް އިސް ވާޖިބެއް. އަޅުގަނޑުމެން އެކަމަށް މަސައްކަތް ކުރާނަން. ދިވެހި ޒުވާނުން މަސްތުވާތަކެތީގެ ޝިކާރައަކަށް ވެގެންދާކަށް އަޅުގަނޑުމެން ދޫކޮށެއްނުލާނަން. އަދި ދިވެހި ހުރިހާ ޒުވާނުންވެސް ހެޔޮ ވިސްނުމަށް ރުޖޫޢަވެ، އިޞްލާޙުވުމުގެ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އަޅުގަނޑުމެން އެންމެންނަކީވެސް އިންސާނީ ކަރާމާތްތެރިކަމުގައި ދިރިއުޅުމުގެ ހެޔޮ ނަސީބު ލިބިގެންވާ ބައެއް ކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، އެ ޙައްޤުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށްހިތާ ބަޔަކު ކަމުގައި ލައްވައި، ދިވެހިންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދެއްވުން އެދި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

 

މިއަދު އޮންލައިން