ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން އަންނަ އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް" ގައި ވަނީ ކަނޑައެޅިގެން ކުފްރުގެ ވާހަކަތަކެއް ކަމަށާއި އެއިގައި ހުރި މައްސަލަތަކާއިމެދު "ޢާންމުކޮށް ހުޅުވާލައިގެން ބަހުސްއަކަށް" ވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަމަށް ޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.
ޝައިޚް އާދަމް ނިޝާން ވިދާޅުވީ ﷲ ތައާލާ އަށާއި ރަސޫލް އަށް ފުރައްސާރަކޮށް އަދި މުސްލިމުން ޤަބޫލުކުރާ ފަދައިން ހަމައެކަނި ޙައްޤު ދީނަކީ އިސްލާމް ދީން ނޫން ކަމަށް ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓް ނެރުނު މީހުން ޤަބޫލުކުރަނީ ޑިމޮކްރެޓިކް ސެކިޔުލާރ ވިސްނުންކަން ރިޕޯޓުން އެނގޭ ކަމަށެވެ.
އެ ރިޕޯޓް ޙިމާޔަތްކޮށް ތާއީދުކުރާ މީހުން ރިޕޯޓާއިބެހޭ ގޮތުން އެމީހަކަށް ފެންނަ އެއްޗެއް ބުނެ ފިތުނަ އުފެއްދުމުގެ ބަދަލުގައި މިފަދަ ބަހުސްއަކަށް ގޮސް ރައްޔިތުންނަށް ޙަޤީޤަތް އަނަގައިދިނުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.
މިމަހުގެ 22 ވަނަ ދުވަހު ޝައިޚް އާދަމް ނިޝާން ފޭސްބުކް ޕޭޖްގައި އިނގިރޭސިބަހުން ޝާއިޢުކުރެއްވި ޕޯސްޓް: