ފޮރިން މިނިސްޓަ ޝާހިދު, ޖަޕާނުގެ ފޮރިން މިނިސްޓަރަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ފޮރިން މިނިސްޓަ ޝާހިދު, ޖަޕާނުގެ ފޮރިން މިނިސްޓަރަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ތޫފާން ހާގިބިސް ޖަޕާނަށް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން، އެކަމުގެ ހިތާމައިގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ޖަޕާނުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޓޮޝިމިޓްސޫ މޮޓެގީއަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ މެސެޖްގައި ތޫފާނުގެ ސަބަބުން ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ހިތާމަކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިހިތާމަވެރި ދަނޑިވަޅުގައި ޖަޕާނުގެ ރައްޔިތުންނާއި ސަރުކާރާއިއެކު ދިވެހިން ތިބިކަމަށް ވިދާޅުވިއެވެ.

އަދި މިތޫފާނުގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ތޫފާނުގެ އަސަރުކުރި ފަރާތްތަކަށް ޙަމްދަރުދީ ފޮނުއްވައި، ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް މިނިސްޓަރ ޝާހިދުގެ މެސެޖްގައި ވިދާޅުވިއެވެ.

މިއަދު އޮންލައިން