އަންހެނަކަށް ވީތީ ވަކި މަސައްކަތްތަކެއް ނުކުރެވޭނެކަމަށް ނުދެކުމަށް މެޑަމް ފަޒްނާ އެދިވަޑައިގެންފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އަންހެނަކަށް ވީތީ ވަކި މަސައްކަތްތަކެއް ނުކުރެވޭނެކަމަށް ނުދެކުމަށް މެޑަމް ފަޒްނާ އެދިވަޑައިގެންފި

އަންހެނަކަށް ވީތީ ވަކި މަސައްކަތްތަކެއް ނުކުރެވޭނެކަމަށް ނުދެކުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެދިވަޑައިގެންފިއެވެ.

މެޑަމް ފަޒްނާ މިކަމަށް އެދިވަޑައި ގަތީ "ރެސިލިއަންޓް އެންޑް ރިލެންޓްލަސް؛ ހަރ ސްޓޯރީ" މައުރަޒު ހުޅުވައިދެއްވައި މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މެޑަމް ފަޒްނާގެ ވާހަކަފުޅުގައި ވިދާޅުވީ އަންހެންކުއްޖަކަށް ވީތީ ވަކި މަސައްކަތްތަކެއް ނުކުރެވޭނެކަމަށް ނުދެކުމަށް އެދިވަޑައިގެންނެވިއެވެ. އޭގެ ބަދަލުގައި ކޮންމެ މަސައްކަތަކީ ނުވަތަ ދާއިރާއަކީވެސް އަންހެނުންނަށްވެސް ކުރެވޭނެ އަދި ކުރިޔަށްދެވޭނެ ދާއިރާއެއްކަމަށް ދެކި އެ ދާއިރާއަކީ ނުވަތަ މަސައްކަތަކީވެސް އެ ކުއްޖަކު އަމިއްލައަށް އިޚްތިޔާރުކުރާ ދާއިރާއަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެދިވަޑައިގެންނެވިއެވެ.

މިއަދު ހަވީރު ބ. ގޮއިދޫގައި ހުޅުވުނު މި މައުރަޒަކީ އަންހެންކުދިންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމާއި ޢާއިލާއާއި މުޖްތަމަޢާއި ޤައުމަށް އެކި ރޮނގުން ހެޔޮ ބަދަލެއް ނުވަތަ ކުރިއެރުމެއް ގެނައުމުގައި ހަރަކާތްތެރިވާ އަންހެން ކުދިންގެ ވާހަކަތައް ފާހަގަކުރުމުގެ މަޤްޞަދުގައި ބާއްވާ މައުރަޒެކެވެ. މިއީ މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ޖަމުޢިއްޔާއިން އިސްނަގައިގެން ބާއްވާ ހަރަކާތެކެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމަށް ގޮއިދޫގައި ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ކެރިއާ ޓޯކް ސެޝަން"ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްލަވާލެއްވިއެވެ. އަދި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ "ވިމެން އެންޑް ފެމިލީ ލޯ ސެޝަން"ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން