ރަސޫލާ (ޞޢވ) އަށް ފުރައްސާރަކުރުމަކީ މިރާއްޖޭގައި ހިންގާނެ އެންމެ ބޮޑު ޖަރީމާ!: ޝައިޚް އަޙްމަދު ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރަސޫލާ (ޞޢވ) އަށް ފުރައްސާރަކުރުމަކީ މިރާއްޖޭގައި ހިންގާނެ އެންމެ ބޮޑު ޖަރީމާ!: ޝައިޚް އަޙްމަދު ސަމީރު

"ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރައްސާރަކުރުމަކީ މިރާއްޖޭގައި ހިންގާނެ އެންމެ ބޮޑު ޖަރީމާއެވެ." ޝައިޚް އަހްމަދު ސަމީރު 

ޝައިޚް އަޙްމަދު ސަމީރު ޓުވީޓްކުރެއްވި މި ބަސްފުޅާއިއެކު ހާމަ ކުރައްވަވާފައިވަނީ ތައުބާ ސޫރަތުގެ 61 ވަނަ އާޔަތެވެ. 

"ނަބިއްޔާއަށް އުނދަގޫކުރާ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި އެއުރެން ބުނެތެވެ. އެކަލޭގެފާނީ، ހަމައެކަނި އައްސަވާ ބޭކަލެކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިއަަބައިމީހުންނަށްޓަކައި، ހެޔޮބަސް އައްސަވާ ނަބިއްޔެކެވެ. އެ ނަބިއްޔާ، އަށް އީމާން ވެ ވަޑައިގަނެތެވެ. އަދި މުއުމިނުންގެ ބަސް ތެދުކުރައްވަތެވެ. އަދި އެ ނަބިއްޔާއީ، ތިއަބައިމީހުންގެ ތެރެއިން އީމާންވި މީހުންނަށްވާ ރަޙްމަތްއެކެވެ. އަދި اللَّه ގެ رسول އާއަށް އުނގަދޫކުރާ މީހުންނަށް، ވޭންދެނިވި عذاب ހުށްޓެވެ." (ތައުބާ: 61)

 

މިއަދު އޮންލައިން