"އެމްޑީއެންގެ ރިޕޯޓް ދިފާޢުކޮށް ވާހަކަ ދައްކާ ނުބައި ނުލަފާ "އިސްލާމް ދީނުގެ ޢަދުއްވުން" ދިވެހިން ދެނެގަންނަން ޖެހެއެވެ.
ކޮންމެ މީހަކުވެސް އެ ރިޕޯޓް ކިޔާލާށެވެ. އެ ރިޕޯޓުގައި ހުރީ ބަސްމޮށުންތެރިކަމުގެ ކުށެއް ނޫންކަން އެނގޭނެއެވެ. އެއިގައި ހުރީ ހަމަ ސީދާ އިސްލާމް ދީނާއި ދެކޮޅު ވާހަކަ ދައްކާފައިކަން ރިޕޯޓް ކިޔުމުން އެނގޭނެއެވެ!"—ޝައިޚް ޢަބްދުﷲ ސައުދާން
ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު ރިޕޯޓު ވިދާޅުވާ ދީނީ ޢިލްމުވެރިން ގެންދަވަނީ އެ ރިޕޯޓުގެ ޝައީޠާނީ ކަމާއިމެދު ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ. ނަމަވެސް ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވީ ރިޕޯޓުގައި އޮތީ ތަރުޖަމާކުރުމުގެ ަމއްސަލައެއް ކަމަށެވެ.