ރައްޔިތުންނަށް ޓެކްސީ ހޯދަން ފަސޭހައަކަށް ހަދަން ނިންމާފައިވާ ޓެކްސީ އެޕްލިކޭޝަން ހެދުމަށް ހުށަހެޅީ ފަސް ފަރާތަކުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިސްޓަރު ނަހުލާ މިއަދު ވިދާޅުވީ ޓެކްސީ އެޕްލިކޭޝަން ހެދުމަށް 21 ފަރާތަކުން މައުލޫމާތު ސާފުކުރި ކަމަށާއި އެޕްލިކޭޝަންތައް ހެދުމަށް ހުށަހެޅީ ފަސް ފަރާތަކުން ކަމަށެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ މި ފަސް ކުންފުނީގެ ތެރޭގައި ބޭރުގެ ތިން ކުންފުންޏަކާއިި ރާއްޖޭގެ ދެ ކުންފުނި ހިމެނޭއިރު މި މަސް ނިމުމުގެ ކުރިން އެޕްލިކޭޝަން ތައްޔާރު ކުރުމަށް ހަވާލުކުރާ ޕާޓީ ފައިނަލް ކުރެވި އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށެވެ.
މި އެޕްލިކޭޝަން އާއެކު ޓެކްސީ ދަތުރުތަކުން ނަގާ އަގުތައްވެސް އިއުލާނު ކުރެވޭނެ،ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.