ޙައްޖު ގްރޫޕްތަކުން އަޅުކަމުގަ މަކަރު ނުހެދުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޙައްޖު ގްރޫޕްތަކުން އަޅުކަމުގަ މަކަރު ނުހެދުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފި

ރާއްޖެއިން މީހުން ޙައްޖަށް ގެންދާ ޙައްޖު ގްރޫޕްތަކުން އަޅުކަމުގައި މަކަރު ނުހެދުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ކުޑަ އަގުގައި ބިޑްކޮށްގެން ބިޑް ކާމިޔާބު ކުރުމަށްފަހު ބޮޑު އަގު ނަގާނަމަ އެ ނަގާ ފައިސާ އެ ބައަކަށް ޙަލާލް ނުވާނެ ކަމަށެވެ. ޙައްޖަށް މީހުން ގެންދިއުމުގެ ނަމުގައި "ނުފޮރާ ފޮތިން ފޫގަޅައިގެން" ކަންކަން ކުރަން އުޅުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި ނުފޯރާ ފޮތިން ފޫގަޅައިގެން ކަންކަން ކުރަން އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށެވެ.

ރާއްޖެއިން މީހުން ޙައްޖަށް ގެންދާ ބައެއް ކުންފުނިތަކުން ކުޑަ އަގު ހުށަހަޅައި ބިޑް ކާމިޔާބުކުރުމަށްފަހު ހުށަހެޅި އަގުގެ 2 ގުނަ އިތުރަށް ފައިސާ ނަގަމުން ގެންދާ ކަމުގެ ޝަކުވާ އަބަދުވެސް ދަނީ ކުރަމުންނެވެ. އެފަދަ މައްސަލައެއް މިހާރުވެސް ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ.

މިއަދު އޮންލައިން