ބާ ކައުންސިލުން މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ބާ ކައުންސިލުން މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް: ރައީސް

ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލުން މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެ ކައުންސިލަށް ހިތްވަރު ދެއްވައިފިއެވެ.

ބާ ކައުންސިލުގެ ރައީސާއި ނައިބު ރައީސް އަދި އެކްސްކޯ ހަ މެމްބަރުންނަށް ވެސް ރައީސް ވަނީ މަރުހަބާ ކިޔުއްވާފައެވެ. 

ރާއްޖޭގެ 1،600 ވަކީލުންގެ މެދުގައި ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީގެ ރައީސް ކަމަށް ހޮވިފައިވަނީ ގާނޫނީ ވަކީލް މައުމޫން ހަމީދު އެވެ. އަދި ނައިބު ރައީސް ކަމަށް ހޮވިފައިވަނީ  ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު އެވެ.

ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީ އަށް ހޮވުނު ބޭފުޅުން ނަކީ މުހައްމަދު ފައިސަލް، އަހުމަދު މުއިއްޒު، އައިޝާ ސުޖޫން މުހައްމަދު، އަނަސް އަބްދުއްސައްތާރު، މުހައްމަދު އަސީލް އަދި އަނާރާ ނައީމް އެވެ.

މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް އާއި ވަކީލް އަބުދުލް މާނިއު ހުސައިންއާއި އެއް ވޯޓުގެ ތަފާތު އުޅޭތީ ވޯޓު އަލުން ގުނުމުން ވެސް 1 ވޯޓުން ކުރި ހޯއްދެވީ އަނާރާ އެވެ.

 

މިއަދު އޮންލައިން