މަސްވެރިކަމަށް ދޫކޮށްފައި ހުރި ޒޯންތައް އުވާލަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މަސްވެރިކަމަށް ދޫކޮށްފައި ހުރި ޒޯންތައް އުވާލަނީ!

ރާއްޖޭގައި މަސްގަތުމަށް ކުންފުނިތަކަށް މިހާރު ދޫކޮށްފައި ހުރި ޒޯނުތައް އުވާލައި ކޮންމެ ސަރަހައްދަކުން، ކޮންމެ ރަށަކުން ކޮންމެ ފަރާތަކަށްވެސް މަސް ގަނެވޭނެ ގޮތް ހަމަޖެއްސުމަކީ މަސްވެރިންނަސް ލިބޭ އާމްދަނީ އިތުރުވެގެން ދާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

މިރޭ ގދ. ތިނަދޫގައި ކުރިއަށް ގެންދިއަ ޖަޒީރާ ހޮޅުއަށި ޕްރޮގްރާމްގައި ރައީސް ޞާލިޙް ވިދާޅުވީ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ލިބޭނެ އިތުރު ގޮތްތައް އެބަހުރި ކަމަށާއި ޒޯންތަކަކަށް ރާއްޖެ ބަހައި ކުންފުނިތަކަށް ދޫކޮށްފައި އޮތް އޮތުން އުވައިލުމަކީވެސް ބާނާ މަހަށް ލިބޭ ޢާމްދަނީ އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.  

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން މިހާރު ވެސް ވަނީ އެކަމަސް ދިރާސާއެއް ކޮށް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމެއް ހުށަހަޅާފައި ކަމަށެވެ.  

ރައީސް ޞާލިޙް ވިދާޅުވީ ކަނޑުމަހުގެ މަސްވެރިކަމުގެ އިތުރުން ރާއްޖޭގެ ފަރުތަކުގައި އުޅޭ އަގު ބޮޑު ބާވަތްތަކުގެ މަސް ވިއްސައި ދިރުވައި އާލާކޮށް ވިއްކުމުގެ ފުރުޞަތުވެސް އެބައޮތް ކަމަށެވެ. އަދި މަސްވެރިކަމަށް ބޭނުންވާ އެން ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

މިއަދު އޮންލައިން