ޑރ އަފްރާޝީމް އާއި ރިޟުވާން މައްސަލައިގެ ރިޕޯޓު ނެރޭނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައި: ސުޢޫދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ޑރ އަފްރާޝީމް އާއި ރިޟުވާން މައްސަލައިގެ ރިޕޯޓު ނެރޭނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައި: ސުޢޫދު

ދީނީ ޢިލުމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ އަފްރާޝީމް ޢަލީ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބުދުއްﷲ ގެ މައްސަލައިގެ ރިޕޯޓު ނެރޭނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައި ކަމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ ރައީސް ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސުޢޫދު ވިދާޅުވީ ކޮމިޝަނުން މަސައްކަތް ކުރަނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމުގެ ކަންކަން ފުރިހަމަ ކުރުމަށް ކަމަށާއި ރިޕޯޓްތައް އާއްމު ކުރައްވާނީ އޭގެ ފަހުން ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ސޯލިޙްވެސް ވިދާޅުވެފައިވަނީ އަވަހާރަކޮށްލާފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ވީނުވީއެއްނޭންގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި ވަރަށް ތަފްސީލީ ރިޕޯޓެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ވާކަމަށެވެ.

މިއަދު އޮންލައިން