އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމަށް ކުރިމަތިލި މީހެއްގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަޖިލީހަށް ފަނުވައިފިއެވެ.
އޭސީސީ އަށް އައްޔަން ކުރަން ފެންނަ 12 ނަމެއް ފާހަގަކުރައްވަި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވާފައިވާއިރު މި 12 ފަރާތުގެ ނަން އިތުރަށް ދިރާސާ ކުރުމަށް ރިޔާސަތުން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ނިންމާފައެވެ.
ރައީސް ފާހަގަ ކުރައްވާފައިވާ 12 ނަމުގެ ތެރޭގައި ކުރީގެ ކުރީގެ އޮޑިޓަ ޖެނެރަލް ކަން ކުރެއްވި ނިޔާޒް އިބްރާހިމް ގެ ނަންވެސް ހިމެނިވަޑައިގަންނައެވެ.
މި 12 ބޭފުޅުންނަކީ ފާތިމަދު އަނޫލާ، ގ. ވަޑިނޮޅުގެ، އާރިފް ރަޝީދު، ބާޑްވިލާ، ބ. ތުޅާދޫ، ޒީނިޔާ އަބްދުﷲ، މަދޮށިމާގެ، ހއ. ބާރަށް، އިބްރާހިމް ޝަކީލް، ދަފްތަރު ނަމްބަރު 3654، އައިޝަތު އަބްދުﷲ، ރޯލްގޯލްގެ، ޅ. ހިންވަރު، މަރިޔަމް ޝިއުނާ، ނެދުންގެ، ސ. ހިތަދޫ، މުޖުތަބާ ހަމީދު، ދީފްރޮމްގެ، ރ. ކަދޮޅުދޫ، އަލީ އަޝްރަފު، ދަފްތަރު ނަމްބަރު 3366، މަރިޔަމް އަހްމަދު. ގ. ޓުރަސްޓްހޯމް ނިޔާޒު އިބްރާހިމް، ބްރޫމް، ގދ. ތިނަދޫ، އަބްދުﷲ މިޒްއާން، ރަތްވިލާގެ، ކަނދޮޅުދޫ އަދި އާދަމް ޝާމިލް، ރަތްވިލާގެ، ތ. ވިލުފުށި އެވެ.