ބްރޯޑްކޮމްގެ ހާޒިރީ މާދަމާ 11 ޖެހުމުގެ ކުރިން މަޖިލީހަށް ފޮނުވަން އަނގަން ފާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ބްރޯޑްކޮމްގެ ހާޒިރީ މާދަމާ 11 ޖެހުމުގެ ކުރިން މަޖިލީހަށް ފޮނުވަން އަނގަން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ހާޒިރީ މާދަމާ 11 ޖެހުމުގެ ކުރިން މަޖިލީހުގެ އިދާރާއަށް ފޮނުވަން އަންގަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. މީގެ އިތުރުން ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުންގެ މައްސަލަތައް ބެލުމަށް ސަބް ކޮމިޓީއެއް ނެގުމަށާއި ކޮމިޓީގެ މަސައްކަތް ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ކުރިން ފުރިހަމަކޮށް ރިޕޯޓް ހުށަހަޅަންވެސް ވަނީ ފާހަގަކޮށްފައެވެ. 

ކޮމިޝަނުގެ ބައެއް މެންބަރުން ވިދާޅުވީ ބްރޯޑްކޮމްގެ ކުރީގެ ނައިބް ރައީސް ސޮފްވާން، ރާއްޖޭގެ ސަރުކާރު ބަދަލުވީންސުރެ ކޮމިޝަނަށް ނުނުކުންނަ ކަމަށާއި ނަމަވެސް މުސާރައިގެ ގޮތުގައި މަހަކު 43000 ރުފިޔާ ނަގަމުން ގެންދާކަމަށެވެ. އެހެންކަމުން އޭސީސީގެ ރައީސް ޙަސަން ލުޠްފީ މަޤާމުން ވަކިކުރި ގޮތަށް ސޮފްވާން ވެސް މަޤާމުން ވަކިކުރަން ޖެހޭ ކަމަށެވެ. 

ބްރޯޑްކޮމް އާއިމެދު އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަންވެސް މެންބަރުން ފާހަގަކުރިއެވެ. "އެތަން އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގަ. ކޮންމެ ވަގުތަކުވެސް ލިޔެކިޔުންތައްވެސް ނައްތައިލަފާނެ ކަމުގެ ބިރު އެބައޮތް. ކޮމިޝަންގެ ރައީސް ވަނީ ހިސޯރުކޮށްފަ. ފާޚާނާގަ ވަނީ ތާށިވެފަ. ބޯދިގުކޮށް ތިބި މީހުން ވައްދައި ބިރުދެއްކުން ފަދަ ކަންކަން ވެސް ވަނީ ކޮށްފަ." 

މަޖިލިސް ކޮމިޓީ ހިނގަމުން ދަނިކޮށް ބްރޯޑްކޮމް އިން ވަނީ ސޮފްވާންގެ ހާޒިރީ ރިޕޯޓް ފޮނުވައިފައެވެ.

މިއަދު އޮންލައިން