ސަރުކާރު ކުންފުނިތަކުން އިޖުތިމާއީ ފައިދާއަށް ހަރަކާތްތައް ހިންގަނީ ސިޔާސީ މަގްސަދު ހާސިލު ކުރުމަށް: އޮޑިޓާ ޖެނެރަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ސަރުކާރު ކުންފުނިތަކުން އިޖުތިމާއީ ފައިދާއަށް ހަރަކާތްތައް ހިންގަނީ ސިޔާސީ މަގްސަދު ހާސިލު ކުރުމަށް: އޮޑިޓާ ޖެނެރަލް

ސަރުކާރު ކުންފުނިތަކުން އިޖުތިމާއީ ފައިދާއަށް ހަރަކާތްތައް ހިންގަނީ ސިޔާސީ މަގްސަދު ހާސިލު ކުރުމަށްކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ޒިޔަތު މިހެން ވިދާޅުވީ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒިޔަތު ވިދާޅުވީ އާންމުގޮތެއްގައި ސީއެސްއާރް ހަރަކާތްތައް ހިންގެނީ. ޕޮލިޓިކަލް ކޯޒް އަކަށްކަމަށާއި އެކަން ހުއްޓެން. އެބަޖެހޭ ކަމަށެވެ. އަދި ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ސީއެސްއާރަށް ހަރަދު ކުރެވޭނެ މިންވަރު ސާފުވާން ޖެހޭ ކަމަށެވެ.

ޒިޔަތު ވިދާޅުވީ ކުންފުނިތަކަކީ ޓާގެޓްތަކެއް ކަނޑައެޅިގެން ސަރުކާރު ބަޖެޓަށް ބަރޯސާ ނުވެ ހިންގަން ޖެހޭ ކުންފުނިތަކަށް ބަދަލު ކުރަންޖެހޭ ކަމަށެވެ.

ސަރުކާރު ކުންފުނިތަކުގެ ހިންގުން ރަނގަޅު ކުރުމަށް ބޯޑުގެ މެންބަރު ހިމެނޭ އިންޓާނަލް އޮޑިޓް ޓީމެއް މުހިއްމު ކަން ޒިޔަތު ވަނީ  ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން