އިސްލާމީ ޔުނިވަރސިޓީ އުވާލައި ޤައުމީ ފެކަލްޓީގެ ބައަކަށް ހަދަން މެންބަރުން ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އިސްލާމީ ޔުނިވަރސިޓީ އުވާލައި ޤައުމީ ފެކަލްޓީގެ ބައަކަށް ހަދަން މެންބަރުން ހުށަހަޅައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުވާލައި އިސްލާމިކް ޔުނިވަރސިޓީން ދެމުން ގެންދާ ޚިދުމަތްތައް ޤައުމީ ޔުނިވަރސީޓީން ދިނުމަށް ބައެއް މެންބަރުން ހުށަހަޅައިފިއެވެ. މި ގޮތަށް ހުށަހަޅާފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް އިޞްލާހް ގެނައުމަށް ހުށަހަޅާފައިވާ ބިލަށް މިއަދު ކުރިއަށް ގެންދިއަ ބަހުސްގައެވެ.

މިމޭރުމުން ވާހަކަފުޅު ދެއްކެވި މެންބަރުން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ދަރިވަރުންގެ ސިކުނޑިތައް މިހާރުވަނީ އިސްލާމް ދީނާއިހުރެ ތަޅުލެވިފައެވެ. އެ ތަޅު ހުޅުވައިލެވެން އޮތީ އިސްލާމިކް ޔުނިވަރސިޓީ އުވާލައި ޤައުމީ ޔުނިވަރސިޓީގެ ދަށަށް ކަންކަން ގެންގޮސް ދުނިޔެއަށް ނަމޫނާ ދައްކައިދޭނެ ފެނަވަރަށް ދިނީ ކަންކަން ވެސް ހުޅުވާލައިގެންނެވެ.

މީގެ އިތުރުން ރާއްޖެ ތެރޭގައި ހުރި ޤައުމީ ޔުނިވަރސިޓީގެ ކެންޕަސްތައް އިތުރަށް ތަރއްޤީކޮށް ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށްވެސް ބައެއް މެންބަރުން ވަނީ ޚިޔާލު ހުށަހަޅުއްވައިފައެވެ.

މިއަދު އޮންލައިން