މަޖިލީހުގެ ކޮމިޓީން ސަރުކާރުގެ ކުންފުނިތަކުގެ އިސް ވެރިންނާ ބައްދަލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މަޖިލީހުގެ ކޮމިޓީން ސަރުކާރުގެ ކުންފުނިތަކުގެ އިސް ވެރިންނާ ބައްދަލުކޮށްފި

މަޖިލީހުގެ ކޮމިޓީން ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި ބައްދަލުކޮށްފިއެވެ. 

މިރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ބުނީ މީގެ ކުރިން ކުންފުނިތަކުގެ ކަންކަން ބަލަހައްޓަމުން އައީވެސް މާލިއްޔަތު ކޮމިޓީން ކަމަށާއި ނަމަވެސް މިހާރު ވަނީ ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓަން ޚާއްޞަ ކޮމިޓީއެއް އުފައްދާފައި ކަމަށެވެ. 

ކޮމިޓީގެ މުޤައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ މިރޭގެ ބައްދަލުވުމަކީ ކޮމިޓީގެ 13 މެންބަރުންނާއި ކުންފުނިތަކުގެ ވެރިން ބައްދަލުވެ ތައާރަފްވުމުގެ ބޭނުމުގައި ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ. ކޮމިޓީން އަބަދުވެސް އޮންނާނީ ކުންފުނިތަކަށް މަޖިލިސް ތެރެއިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ކަމަށެވެ. 

އިލްޔާސް ވިދާޅުވީ އިތުރު ކޮމިޓީއެއް އުފައްދަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މިހާރުވެސް 700 އަށްވުރެ ގިނަ އޮޑިޓް ރިޕޯޓަށް ގޮތެއް ނުނިމި އޮތުމުން މާލިއްޔަތު ކޮމިޓީން ވަރަށް ބުރަކޮށް ނަސައްކަތްކުރަން ޖެހިފައިވުން ކަމަށެވެ. އަދި މިކޮމިޓީ އޮތް ނަމަވެސް މާލީ ކަންކަމުގެ މައްސަލަތައް ބަލާނީ މާލިއްޔަތު ކޮމިޓީން ކަމަށެވެ. 

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކުންފުނިތަކުގެ އިސްވެރިން ވަނީ މަޖިލީހުން ކުންފުނިތަކުގެ ކަންކަމަށް އެހީތެރިވާނެ ކޮމިޓީއެއް އުފެއްދުމުން އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

މިއަދު އޮންލައިން