ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒިފުންނަށް ބިއްލޫރި ފުޅި ހަދިޔާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޝޯޝަލް ކުލަބް "ޕޭމާ"ގެ ފަރާތުން ހަދިޔާ ކުރެއްވި ބިއްލޫރިފުޅި ތަށް މަޖިލީހުގެ އިދާރީ މުވައްޒިފުންނާ ހަވާލުކުރެއްވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ.
"ޕޭމާ" ކްލަބަކީ މަޖިލީހުގެ މުވައްޒަފުން ހިންގާ ކްލަބެކެވެ.
ރައްޔިތުންގެ މަޖިލީހުގައި 149 މުވައްޒިފުން މަސައްކަތް ކުރެއެވެ.
ޕްލާސްޓިކު ބޭނުންކުރުން ހުއްޓާލުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުން ބައިވެރިވެ، ފެން ބޯން ބިއްލޫރި ފުޅި ބޭނުންކުރުމަށް ނިންމައިފި. މި ނިންމުމާއެކު އިދާރާގެ މުވައްޒަފުންނަށް މަޖިލީހުގެ ސޯޝަލް ކްލަބު، ޕެމާ އިންވަނީ ބިއްލޫރި ފުޅި ހަދިޔާކޮށްފަ. pic.twitter.com/kFiY9d2r8E
— People's Majlis (@mvpeoplesmajlis) June 23, 2019