އިންޑިއާ އާ ރާއްޖެ އާ ދެމެދުގަ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މައްސަލަ މަޖިލީހުގެ ޤައުމީ ސަލާމަތާއިބެހޭ ކޮމިޓީން ދިރާސާކުރަން ފަށައިފިއެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ސަރުކާރުން ފޮނުވި ރިޕޯޓް ދިރާސާ ކުރާނެ ކުޑަ ކޮމިޓީއެއް ހޮވައި މިއަދު ހަވީރު ކޮމީޓީގެ ބައްދަލުވުމެއް ކުރިއަށް ގެންދަން ނިންމައިފައެވެ. ކުރިއަސް އޮތް 10 ދުވަހުގެ ތެރޭގައި މައްސަލަ ދިރާސާކޮށް ރިޕޯރޓް ފާސްކުރަންވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.
ކޮމިޓީގެ މުޤައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ މިކަމުގައި ބޭނުންވާ ޤާނޫނީ ލަފާ ދައުލަތުގެ ބަންޑާރަ ނައިބް އޮފީހުން ލިބިފައިވާ ކަމަށެވެ. އަދި ަމއްސަލަ ވީހައި އަވަސްކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިފައިވާ ކަމަށެވެ.