ޖަލުގަ ހިނގާދިއަ ހަމަނުޖެހުމާގުޅިގެން މުޢާޒް އާއި އިމްރާން ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ޙާޒިރުކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޖަލުގަ ހިނގާދިއަ ހަމަނުޖެހުމާގުޅިގެން މުޢާޒް އާއި އިމްރާން ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ޙާޒިރުކުރަނީ

ޖަލުގައި ބުރާސްފަތި ދުވަހު ހިނގައިދިއަ ހަމަނުޖެހުމާއިގުޅިގެން މައުލޫމާތު ސާފުކުރުމަށްޓަކައި ކޮމިޝަނަރ އޮފް ޕްރިޒްންސް ޢަބްދުﷲ މުޢާޒް އާއި ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ޙާޒިރުކުރަން ނިންމައިފިއެވެ. '

ކޮމިޓީން ބުނީ އެގޮތަށް ނިންމީ ޖަލުތަކުގައި ހިނގާ ހަމަނުިޖެހުންތަކާއި ގުޅިގެން ޤައުމީ ސަލާމަތަށް ނުރައްކާތެރިވާފަދަ ކަންކަން މީގެ ކުރިންވެސް ހިނގާފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ބޮޑެތި މުޒާހަރާތައްވެސް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކުރިއާލައި މިކަންކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ.  

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު ޢީސާ ވިދާޅުވީ ޖަލުތަކުގައި ތިބި ޤައިދީންނާއިމެދު އަބަދުވެސް އަމަލުކުރެވެނީ އަނިޔާވެރި ގޮތްގޮތަށް ކަމަށްވުމުން ޖަލުތަކުގައި ހަމަނުޖެހުން ހިނގަމުންދަނީ ކަމަށެވެ. ޤައިދީންނާއިމެދު އަޅާ ކޮންމެ ފިޔަވަޅެއްވެސް އަދި ކޮށްދޭ ކޮންމެ ކަމެއްވެސް ކޮށްދެމުން ގެންދަނީ އަނިޔާވެރިކޮށް ކަމަށެވެ. "އަޅުގަނޑަކީ ޖަލުގައި އެތައް ފަހަރަކު ބަންދުކުރެވި މިކަންކަން ތަޖުރިބާ ކޮށްގެން ހުރި މީހެއް. އެހެންވެ މިހެން މި ދަންނަވަނީ."  

ރާއްޖޭގެ ޖަލުތަކުގައި އަބަދުވެސް ކަންކަން ކުރަމުން އަންނަ އުޞޫލަށް ބަލާއިރު އަޙްމަދު ޢީސާގެ ވާހަކަފުޅުގެ ތެދުކަން ޤަބޫލުކުރެވެއެވެ. ޖަލު އޮފިސަރުންނަށް އެ ޤައިދީއެއްގެ ކިބައިން ފައިދާ ލިބޭ ޤައިދީންނާއިމެދު އަދި ސިޔާސީ ފައިދާ ލިބޭ ޤައިދީންނާއިމެދު އޯގާތެރިކޮށް ކަންކަން ކުރި ނަމަވެސް އެހެން ޤައިދީންނާއިމެދު އަނިޔާވެރިވުމުގެ ޘަޤާފަތަކީ ޖަލުތަކުގައި އަބަދުވެސް އަމަލުކުރަމުން އަންނަ އުޞޫލުކަން އެއީ އަބަދުވެސް އެނގި ހާމަވަމުން އަންނަ ކަމެކެވެ. 

މިއަދު އޮންލައިން