ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ މިއަދު ވަނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިފައެވެ.
ފެހި ޤާނޫނު އަސާސީގެ ދަށުން މީގެ ކުރިން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ހަމައެކަނި އަންހެން މެންބަރަކީ މ. އަތޮޅުގެ މެންބަރުކަން ކުރެއްވި އަނީސާ އަޙްމަދު އެވެ. އަނީސާ ރިޔާސަތު ބެލެހެއްޓެވީ މެންބަރެއްގެ ހައިޞިއްޔަތުންނެވެ.
އީވާ ޢަބްދުﷲ އަކީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ދެބެންގެދެދަރި ކޮއްކޯފުޅެކެވެ. އީވާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުން ގިނަ ބއަކު ގެންދަނީ އެކަން ފާހަގަކޮށް އިވާއަށް މަރުޙަބާ ދަންނަވަމުންނެވެ.
މަޖިލީހުގެ އިދާރާއިންވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. އީވާ މިއަދު ވަނީ ބައިގަޑިއެއްހައިއިރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިފައެވެ.
19ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ @evattey މިއަދުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަނީ pic.twitter.com/6Xrd2X9BC7
— People's Majlis (@mvpeoplesmajlis) June 11, 2019