ބިދޭސީންގެ މައްސަލަ ބޮޑުވެފައިމިވަނީ އިމިގްރޭޝަންގެ ސަބަބުން: އަޙްމަދު ސަލީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ބިދޭސީންގެ މައްސަލަ ބޮޑުވެފައިމިވަނީ އިމިގްރޭޝަންގެ ސަބަބުން: އަޙްމަދު ސަލީމް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަތައް ބޮޑުވެފައި މިވަނީ ދިވެހިންގެ ސަބަބުން ކަމަށާއި ޚާއްޞަކޮށް އިމިގްރޭޝަނުގެ ސަބަބުން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަޙްމަދު ސަލީމް ދެއްކެވި ވާހަކަފުޅުން: 

މި މައްސަލަ އާ ބެހޭ ގޮތުން ދަންނަވާލަން އޮތީ، ޙަޤީޤަތުގައި ހިއުމަން ޓްރެފިކިންގެ މައްސަލައަކީ ރާއްޖޭގައި ޙަޤީޤަތުގައި ވެސް ވަރަށް ބޮޑު މައްސަލައެއް. މީގައި އެންމެ ބޮޑަށް މައްސަލަޖެހިގެން މި އުޅެނީ އެއްގޮތަކަށްވެސް މިއީ ބަނގްލަދޭޝް މީހުންގެ މައްސަލައެއް ނޫން. މިއީ މި ރާއްޖޭގައި ތިބި ދިވެހިންގެ މައްސަލައެއް އިނގޭތޯ. މިއީ ދިވެހިންގެ މައްސަލައެއް. ޚާއްޞަކޮށް އިމިގްރޭޝަންގެ މައްސަލައެއް އިނގޭތޯ. 

ވަރަށް ނުރައްކާތެރި ގޮތަކަށް  ބަނގްލަދޭޝް މީހުންގެ މި ގެންނަނީ. އެ މީހުން މި ރަށަށް މި އަންނަނީ އެ މީހުންގެ ގެދޮރާއި، އެ މީހުންގެ އަނބިދަރިންގެ އަންނައުނާއި، އެ މީހުންގެ ހުރި ގަހަނާތަކާއި މި ހުރިހާ އެއްޗެހި ވިއްކާލާފައި ލިބޭ ލާރިކޮޅެއް މިތާ ހުންނަ އެޖެންޓަށް ދައްކައިގެން މި އެ މީހުން މާލެ މި އަންނަނީ ފުރަތަމަ. އެއީ ގާތްގަނޑަކަށް ތިން ހާހެއްހާ ޑޮލަރު ދައްކައިގެން މާލެއަށް ބިދޭސީން މި ގެންނަނީ. ގެނެސްފައި ބޮޑު ވިޔަފާރިއެއް މިއީ، 

އެހެންވީމަ، މި ވާ ގޮތަކީ ، އެ މީހުން މިތަނަށް އަންނަނީ އޯޕަން ވިސާއެއްގައޭ ކިޔާފައި މީގެ ކުރިން އައިސްފައި ހުރީ. އޯޕަން ވިސާއަކީ މިއީ ވަރަށް މިއީ ވަރަށް ނުރައްކާތެރިކޮށް އޮތް ވިސާއެއް. އެ ވިސާގައި އަންނަ ގޮތަށް އައިސްފައި އެ މީހުން މި ތިބެނީ ރަށުތެރޭގައި. ޙަޤީޤީ ބޭނުންވާ މީހުންނަކަށް ކޯޓާއެއް ނުދޭ. 

މިސާލަކަށް އަޅުގަނޑު މިއީ ވިޔަފާރިކުރާ މީހަކަށް ބަލައިލާއިރުގައި އަޅުގަނޑުމެން މި ޖެހެނީ ގަވާއިދާ ޚިލާފަށް އަންނަ؛ މަގުމަތިން މީހުން ނަގަން މި ޖެހެނީ. އެ ހާލަތުގައި މި ޤައުމު އޮތީ އިނގޭތޯ. ޙަޤީޤަތުގައި ކޯޓާ ބޭނުންވާ މީހުންނަކަށް ކޯޓާއެއް ނުދޭ. އެހެންނަމަވެސް، މިހާރު ކޯޓާ ދޭން ފަށައިފި. އަޅުގަނޑަށް ހީވަނީ އެ މީހުންގެ މައްސަލައެއް ނޫންހެން. އެ މީހުންނަށް އަޅުގަނޑުމެން އެބަ ދޭންޖެހޭ ފުރުޞަތު އެ މީހުން އަސްލަށް ރުޖޫޢަވުމަށް. ރަނގަޅު ގޮތުގައި އެ މީހުން...

މިއަދު އޮންލައިން